ދިވެހިރާއްޖެ
އިޢުލާން
ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ޢިމާރާތްކުރާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމާއިގުޅޭ:
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ހޯރަފުށީގައި ހައުސިންގ ޔުނިޓް ޢިމާރާތްކޮށް ދިނުމަށްވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ރޯހައުސް ނުވަތަ ފުލެޓް ޢިމާރާތްކޮށް ދިނުމާއި، ޢާއްމު ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ޢިމާރާތް ނުކުރެވިހުރި ގޯތިތަކުގައި ޢިމާރާތްކޮށް ދިނުން ހިމެނެއެވެ.
މިކަމަށް އެދޭފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ތިރީގައި މިދަންނަވާ ގަޑިތަކުގައެވެ.
| 
 ފޯމް ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް  | 
 ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް  | 
| 
 ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް  | 
 މެންދުރުފަހު 14:00 ން 15:00 އަށް  | 
ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 2019 ޑިސެންބަރ 11 ވަނަ ދުވަހުގެ 13:00 އެވެ. ހައުސިން ޔުނިޓްތައް ޢިމާރާތްކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތަކާއި ޕޮއިންޓްދެވޭނެ އުޞޫލު މިއިޢުލާނުގައި ޢާންމުކޮށްފައި އެވަނީއެވެ. މި ދެންނެވި އުޞޫލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމުގައިވެސް ދެންނެވީމެވެ. އަދި މި ފޯމް http://hoaraveshi.mv ލިންކް މެދުވެރިކޮށް އޮންލައިންކޮށް (މަތީގައި ދެންނެވިފައިވާ މުއްދަތުގައި) ހުށަހެޅޭނޭ އިންތިޒާމްވެސް ވާނީ ހަމަޖެހިފައެވެ. ހައުސިންގ ޔުނިޓްތަކުގެ އަދަދާއި، ޑިޒައިނާއި، ކުރެހުމާއި، އަގު ސަރުކާރުގެ ފަރާތުން އެންގެވުމުން، އެމަޢުލޫމާތު ފަހުން ޢާންމު ކުރެވޭނެއެވެ.
ހައުސިންގ ޔުނިޓްތަކަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާނެ ޝަރުޠުތައް:
- ހޯރަފުށީގެ ރަށްވެއްސެއްކަމުގައިވުން.
 - ޢުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން.
 - އިމާރާތްކުރުމަށް ކަނޑައެޅޭ ގޯއްޗަކީ އެ ގޯތީގައި ގެ އެޅުމަށްއެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ކަމުގައިވުން.
 - އެމީހެއްގެ އަމިއްލަ ނަމުގައި ދާއިމީ އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.
 - ޢިމާރާތްކުރަން އެދޭ ހުސްބިންކޮޅުގައި ސަރުކާރުންދޭ ޑިޒައިނާ އެއްގޮތަށް ޢިމާރާތެއް ކުރެވޭނެ ވަރުގެ ހުސްޖާގައެއް އޮތުން.
 - އިމާރާތް ކުރުމަށް އެދޭ ފަރާތަށް ލިބިފައިވާ ގޯތި ނުވަތަ ގޯތީގެ ބައިގައި ދާއިމީ އިމާރާތެއް ހެދިފައިނުވުން.
 
ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމަށް އެދޭ މީހުންނަށް ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލް:
| 
 1  | 
 ޢުމުރުގެ ބައި:  | 
||
| 
 
  | 
 ހ  | 
 ޢުމުރުން 18 - 30 އަހަރާ ދެމެދު ނަމަ (18 އަހަރުފުރި 30 އަހަރު ނުފުރޭނަމަ)  | 
 07 ޕޮއިންޓް  | 
| 
 
  | 
 ށ  | 
 ޢުމުރުން 30 އަހަރުންމަތީގެ ފަރާތެއްނަމަ (30 އަހަރުފުރިފައިވާނަމަ)  | 
 10 ޕޮއިންޓް  | 
| 
 2  | 
 ދަރިންގެބައި:  | 
||
| 
 
  | 
 ހ  | 
 ޢުމުރުން 18 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ  | 
 05 ޕޮއިންޓް  | 
| 
 
  | 
 ށ  | 
 ޢުމުރުން 18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)  | 
 04 ޕޮއިންޓް  | 
| 
 3  | 
 ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައި:  | 
||
| 
 
  | 
 ހ  | 
 ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް ބަލަމުންގެންދާނަމަ  | 
 05 ޕޮއިންޓް  | 
| 
 
  | 
 ށ  | 
 ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 01 ފަރާތަށްވުރެ ގިނަފަރާތް ބަލަމުން ގެންދާނަމަ ފަރާތަކަށް (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)  | 
 04 ޕޮއިންޓް  | 
| 
 4  | 
 ޕޮއިންޓް އުނިކުރުން:  | 
||
| 
 
  | 
 ހ  | 
 އަނބިމީހާ / ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތްނަމަ  | 
 25 ޕޮއިންޓް  | 
އިތުރު ތަފްޞީލް:
- ރަށްވެހިކަމުގެ ބައި ބަލާނީ ފޯމު ހުށަހަޅާ ތާރީޚަށެވެ.
 - ދާއިމީ ބޯހިޔާވަހިކަމެއް ނުވަތަ ދާއިމީ ޢިމާރާތެއް ކަމުގައި ބަލާނީ ފުލެޓެއް ނުވަތަ ދިރިއުޅެވޭ ފެންވަރަށް މަދުވެގެން 02 ކޮޓަރި ފާޚާނާއާއެކު ޢިމާރާތްކޮށް ކައްކައި، ކެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ތަންތަނަށެވެ. ބޯހިޔާވަހިކަމެއް ލިބިފައިވާކަމަށް ބަލާނީ އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚާއި ހަމަޔަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބިފައިވާނަމައެވެ.
 - ނަމްބަރ 01 ގައިވާ ޢުމުރުގެބައި ބަލާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.
 - ނަމްބަރ 01 އަދި 02 ގައިވާ ދަރިންގެ އަދަދާއި އުމުރު ބަލާނީ ފޯރމް ހުށަހަޅާ މީލާދީ ތާރީޚަށެވެ. ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ.
 - ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތުގެ ބައިން ޕޮއިންޓް ދެވޭނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތް ބަލަހައްޓަމުން ގެންދާ ފަރާތަށެވެ. މި ބައިން ޕޮއިންޓް ދެވޭނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތަކީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާނަމައެވެ. މިބަޔަށް ޕޮއިންޓް ދިނުމުގައި 04 ފަރާތަށްވުރެ ގިނަ ފަރާތް ބަލަމުންގެންދިޔަ ކަމުގައިވިޔަސް ގިނަވެގެން ދެވޭނީ 16 ޕޮއިންޓެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތް ބަލަހައްޓަމުންދާކަން ބަލާނީ ހައުސިންގ ޔުނިޓްތަކާއި ގުޅޭގޮތުން ކައުންސިލުން އެކުލަވާލައްވާފައިވާ 5 މެމްބަރުންގެ ކޮމެޓީއިންނެވެ.
 - ނަމްބަރ 04 ގައިވާ އަނބި ނުވަތަ ފިރިންގެ ބައި ބަލާނީ އިޢުލާނުކުރުމުގެ ކުރިއަށެވެ.
 
ހައުސިންގ ޔުނިޓް ލިބޭގޮތް:
- ހައުސިންގ ޔުނިޓަށް މީހުން ކަނޑައަޅާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން އެންމެ ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގެ ޔުނިޓްގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެތެރެއިން ހައުސިންގ ޔުނިޓް ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.
 
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ރަބީޢުލްއައްވަލް 1441