ނީލަން
ނަންބަރު: (IUL)374-A/374/2019/94
ޕަބްލިޝްކުރި ތާރީޚް: 03 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1119
ސުންގަޑި: 07 ނޮވެންބަރު 2019 1600
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގައި ހުރި ބައެއް ތަކެތި ނީލަންކިޔާ ދުވަސް ބަދަލުކުރުން

މިއިދާރާގެ ނަންބަރު : (IUL)37-A/374/2019/93 (27 އޮކުޓޫބަރު 2019 ) ގެ އިއުލާނުގައިވާ ތަކެތި ނީލަންކިޔުން އޮންނާނީ 2019 ނޮވެންބަރު 08 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ނިލަންދޫ ވެޔޮދޮށު މައިޒާނުގައި ކަމަށް ދަންނަވާފައިވީ ނަމަވެސް މިހާރު އެ ނީލަން ކިޔުން އޮންނާނީ 2019 ނޮވެންބަރު 07 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި ނިލަންދޫ ވެޔޮދޮށު މައިޒާނުގައި ކަމުގައި ދަންނަވަމެވެ. މިއިއުލާނާއި އެކު ނީލަމުގައި ހިމެނޭ ތަކެތީގެ ލިސްޓާއި ، އެތަކެތީގެ ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގާއި ، އަދި އެތަކެތީގެ މިހާރުގެ ހާލަތު އެގޭނެ ލިސްޓް ބެހެއްޓިފައި ހުންނާނެއެވެ.

ވީމާ ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ނޮވެންބަރު 07 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އަށް ވެޔޮދޮށު މައިޒާނަށް ޙާޟިރުވެ ދެއްވުން އެދެމެވެ. މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގަތުމުން ތަކެތި ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ، ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ތަކެތި ނަންގަވާތާ ރަސްމީ ބަންދުނޫން 03 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަވައި ، ތަކެތި ގެންދަވަންވާނެއެވެ. މިމުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ ތަކެތި ނައްތައިލެވޭނެއެވެ. ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމުންނެވެ.

 

 

06 ރަބީޢުލްއައްވަލު 1441

03 ނޮވެންބަރު    2019 

2019-11-03