ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2019/29
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި:
13 ނޮވެންބަރު 2019 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
|
މަޤާމުގެ ނަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
|
ރޭންކް:
|
MS3/B
|
|
ސެކްޝަން/ޑިޕާޓްމަންޓް
|
ލެޖިސްލޭޓިވް އެފެއަރޒް ޑިޕާޓްމަންޓް- ކޮމިޓީ އެންޑް ރިސާޗް ސެކްޝަން
|
|
ބޭނުންވާ އަދަދު:
|
1
|
|
ތަޢްލީމާއި ތަޖްރިބާ:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންޝިއަލް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންޝިއަލް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންޝިއަލް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު، އެމް.އެސް 2 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 3 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންޝިއަލް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން،
|
|
މަޤާމްގެ މަސްއޫލިއްޔަތު:
|
- ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި، އަދި އިދާރާއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ރާވައި ހިންގުމާއި ކުރަންޖެހޭ ދިރާސާތައްކުރުމާއި، އަދި ސެކްޝަން / މަޖިލީހުގެ އިދާރާގައި ކުރުމަށް ޙަވާލުކުރެވޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން
|
|
އުޖޫރަ:
|
- މަހަކު -/12,000 ރުފިޔާ
|
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ
|
ފޯމް ފޮނުވަންވީ ތާރީޚް: 31 އޮކްޓޯބަރ 2019 ން 13 ނޮވެންބަރު 2019 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް www.majlis.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.