| 
 އިޢުލާން 
  
 | 
| 
 މަޤާމް: 
 | 
 ސްޓެޓިސްޓިކްސް އިންޓަރން 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 3 ( ތިނެއް) 
 | 
| 
 މުއްދަތު : 
 | 
 2 މަސް 
 | 
| 
 ސެކްޝަން: 
 | 
 ސްޓެޓިސްޓިކަލް ޑިވެލޮޕްމަންޓް އެންޑް ކޯޑިނޭޝަން    
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް 
 | 
| 
 ޕޮކެޓް މަނީ  
 | 
 މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް  ދުވާލަކު -/350 ރުފިޔާ ކޮންމެ މަހެއް ނިމުމުން ލިބޭނެއެވެ. 
  
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
   
- އަތޮޅު އަދި ރަށު ފެންވަރުގައި އެކުލަވާލަންޖެހޭ ތަފާސްހިސާބު ކައުންސިލްތަކާއި ގުޅިގެން އެކުވަލާވުން.
 
- އަތޮޅު އަދި ރަށު ފެންވަރުގައި އެކުލަވާލަންޖެހޭ ތަފާސްހިސާބު ދިރާސާކޮށް އަތޮޅު ފްރޮފައިލްތަކެއް އެކުލަވާލުން.
 
- ނެޝަނަލް ޑޭޓާރ ޕޯޓަލްއެއް  ( މޯލްޑިވް އިންފޯ އަދި ސްޓެޓިސްޓިކަލް ޑޭޓަރބޭސް) ގާއިމްކުރުމަށް ބޭނުންވާ ތަފާސްހިސާބުތައް އެއްކޮށް އެކުވަލާވުމުގައި އެހީތެރިވުން
 
- ބިއުރޯއިން ތައްޔާރުކުރާ ތަފާސްހިސާބުގެ އަހަރީ ފޮތާއި، ތަފާސްހިސާބުގެ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމަށް ތައްޔާރުކުރެވޭ ލިޔެކިއުންތައް ތައްޔާރުކޮށް މަޢޫލޫމާތު ޗެކްކޮށް ވެރިފައިކުރުން.
 
- ބިއުރޯގެ ފަރާތުން ހިންގާ އެކިއެކި ސަރވޭތަކުގައި އަމަލީގޮތުން ބައިވެރިވެ ތަފާސްހިސާބު އެކުލަވާލުމުގައި އެހީތެރިވުން.
 
  | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
- ތަފާސްހިސާބު (ސްޓެޓިސްޓިކްސް) ނުވަތަ އިކޮނޮމިކްސް ނުވަތަ ޑިމޮގްރަފީ ފަދަ  ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7  ގެ ސަނަދެއް ހާސިލްކޮށްފައިވުން.   
 
 
ނުވަތަ 
ތަފާސްހިސާބު (ސްޓެޓިސްޓިކްސް) ނުވަތަ އިކޮނޮމިކްސް ނުވަތަ ޑިމޮގްރަފީ ފަދަ  ސޯޝަލް ސައިންސް ގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5  ނުވަތަ 6 ގެ ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 
  
  
  
ނުވަތަ 
- މަތީ ސާނަވީ އިމްތިހާނުން ސްޓެޓިސްޓިކްސް  ނުވަތަ އިކޮނޮމިކްސް ނުވަތަ ސޯޝަލް ސައިންސަސްގެ 2 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ޑޭޓާރ އެނަލައިސްކުރުމުގެ  ހުނަރި/ތަޖުރިބާ އަދި ކޮމްޕިއުޓަރ ބޭނުންކުރުމަށް އަހުލުވެރިވެފައިވާ މިންވަރަށް އިސްކަންދެވޭނެއެވެ.  
 
- ދިވެހި ބަހުން އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމާއެކު ރިޕޯޓްތައް ލިއުމުގެ  ހުނަރު.
 
- ކޮމްޕިއުޓާރަށް އަހުލުވެރިވެފައިވާ މިންވަރު. މިގޮތުން އެކްސެލް ، ކޮރަލްޑުރޯ  އަދި އެހެނިހެން އެޕްލިކޭޝަންތަކަށް އަހުލުވެރިވެފައިވާ މިންވަރު. އަދި ސްޓެޓިސްޓިކަލް ސޮޕްޓްވެއަރ ތަކަށް އަހުލުވެރިވެފައިވާ މިންވަރު.
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. .
 
  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
- ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް) ކައުންޓަރުން ލިބެން ހުންނާނެއެވެ. މީގެއިތުރުން މިއިދާރާގެ http://www.statisticsmaldives.gov.mv   ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންވެސް ޑައުންލޯޑުވެސް ކުރެވޭނެއެވެ.
 
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ކައުންޓަރަށެވެ. ނުވަތަ [email protected] އަށް މެއިލްވެސް ކުރެވޭނެއެވެ.
 
 
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން: 
 | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327351 އެވެ. އީ-މެއިލް އެޑްރެސްއަކީ [email protected] އަށެވެ. 
 | 
| 
 24 ޞަފަރު 1441 ހ 
 |