ޢާންމު މަޢުލޫމާތު
ނަންބަރު: GS-2017/IUL/2019/13
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 14 ނޮވެންބަރު 2019 14:00
މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
2020 ވަނަ އަހަރު ޕްރީސްކޫލަށް ކުދިން ވެއްދުމާއިގުޅޭ!

2020 ވަނަ އަހަރަށް މިސްކޫލުގެ ޕްރީސްކޫލް ގްރޭޑްތަކަށް ކުދިން ވައްދަން އެދޭ ފަރާތްތަކުން 2020 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ އައި.ޑީ.ކާޑުގެ އަސްލާއި، ވެކްސިން ހަމަކުރި ގޮތުގެ ޗާޓުގެ އަސްލު ހިފައިގެން ސްކޫލަށް ވަޑައިގެން " ސްކޫލަށް ކުދިން ވައްދަން އެދޭ ފޯރމް" ނަންގަވައި، ފޯރމް ފުރުއްވުމަށްފަހު 14 ނޮވެމްބަރ 2019 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ސްކޫލް އޮފީހާއި ޙަވާލުކުރެއްވުން އެދެމެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައި މިވަނީއެވެ.

  • ފޯމާއެކު ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  • ވެކްސިންދީ ހަމަކުރިގޮތުގެ ޗާޓް ހުށަހަޅަން ވާނެއެވެ.  (މިޗާޓް ސްކޫލުން ބެއްލެވުމަށްފަހު ބެލެނިވެރިޔާ އާއި ޙަވާލުކުރެވޭނެއެވެ.(

          މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22 އޮކްޓޫބަރު 2019