ދިވެހިރާއްޖެ
އިޢުލާން
ހުވަދު އަތޮޅުދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ބޭނުންވެއެވެ:
- · 10 ލެޕްޓޮޕް ކޮމްޕިއުޓަރ
 - · 2 ޝްރެޑަރ
 - · 2 ޕްރިންޓަރ
 
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 28 އޮކްޓޫބަރ 2019  | 
 ހޯމަ  | 
 11:00 (ހެދުނު)  | 
 
 ގދ. ތިނަދޫ ކައުންސިލްގެ އިދާރާ  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 06 ނޮވެމްބަރ 2019  | 
 ބުދަ  | 
 11:00 (ހެދުނު)  | 
 
 ގދ. ތިނަދޫ ކައުންސިލްގެ އިދާރާ  | 
މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.