ދެންނެވުން
ނަންބަރު: (IUL)266-A/266/2019/55
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 24 އޮކްޓޫބަރު 2019 13:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމާއިބެހޭ

ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ދިގު މުއްދަތަށް ބިން ދޫކުރުމަށް ހަމަޖައްސައިފީމެވެ. ވީމާ މި ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ބިން ބޭނުންވާ މިކަމަށް ޝަރުތުހަމަވާ އެންމެހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1 – ތެލާއި ގޭހަށް ޚާއްޞަކުރެވިގެން ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުން މި ފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 2 ބިމެވެ.

2 – ބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 13 އޮކްޓޯބަރ 2019 އިން ފެށިގެން 24 އޮކްޓޯބަރ 2019 ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރު 12:00 އަށް މިއިދާރަށް ވަޑައިގެން ރަޖިސްޓަރީކުރެއްވުން އެދެމެވެ. ރަޖިސްޓަރީވުމަށް އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީތައް ގަބޫލްކުރެވޭނެވާހަކަ ދަންނަވަމެވެ. [email protected]  އަދި 6528831 ފޯން މެދުވެރިކުރައްވާ ވެސް ރަޖިސްޓަރީވުމުގެ ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

3 – ބީލަން ފޮތެއްގެ އަގަކީ -/500ރ އެވެ. ފޮތް ވިއްކަން ހަމަޖެހިފައިވަނީ 30 އޮކްޓޯބަރ 2019 ދުވަހުން ފެށިގެން 14 ނޮވެމްބަރ 2019 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރު 12:00 އަށް މި އިދާރާއިންނެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް ސޮފްޓްކޮޕީ ނުވަތަ ހާޑްކޮޕީ ލިބިވަޑައިގަންނަވާނެއެވެ.

4 – ހުށަހަޅާ ކޮންމެ ބިޑަކަށް -/5000ރ ގެ ބިޑުސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅުއްވާނީ ޗެކް ނުވަތަ ނަގުދު ފައިސާއެވެ. ޗެކު ހުށަހަޅުއްވާނަމަ ހުށަހަޅުއްވަންވާނީ ބޭންކު ގެރެންޓީ ޖަހާފައިވާ ޗެކެކެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތެވެ.

                                          

 

5 – ބީލަން ހުޅުވުން އޮންނާނީ 21 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި،ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

6 – އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6528831 އަދި 6527174 އިން ލިބިވަޑައިގަންނަވާނެއެވެ.

10 އޮކްޓޫބަރު 2019