ތަމްރީނު
ނަންބަރު: (IUL)56-CAS/56/2019/30
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 31 އޮކްޓޫބަރު 2019 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ކޯހާ އައި.އެލް.އެސް. ތަމްރީނު ޕްރޮގްރާމް

ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަން އާއި ޤައުމީ ކުތުބުޚާނާ ގުޅިގެން ލައިބްރަރީތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތަމްރީނުދެވޭ ދާއިރާ:

ކޯހާ އިންޓަރގްރޭޓެޑް ލައިބްރަރީ ސިސްޓަމް (އައި.އެލް.އެސް)

(ކޯހާ އަކީ ލައިބްރަރީގައި އޮންލައިން ކެޓަލޮގް ޤާއިމްކުރުމާއި ލައިބްރަރީއިން ތަކެތި ދޫކޮށް، ބަލައިގަތުމަށް ބޭނުންކުރެވޭ ސްޓޭންޑަރޑް އޯޕަންސޯސް ސޮފްޓްވެއަރއެކެވެ.)

އަމާޒުކުރެވިފައިވާ ފަރާތްތައް:

ލައިބްރަރީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް (ޚާއްސަކޮށް ލައިބްރަރީ ހިންގުމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކަށް)

މީގެ އިތުރުން މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް

ތަން:

ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް  އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް

މުއްދަތު:

2019 ނޮވެމްބަރު 10 ން 12 ށް

ވަގުތު:

ހެނދުނު 08:30 އިން 16:00

ފީ:

-/350 ރުފިޔާ

ޖާގަ:

30

 

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 އޮކްޓޫބަރ 31 ގެ 14:00 ކުރިން އެސޯސިއޭޝަންގެ ބްލޮގްގައިވާ އޮންލައިން ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. އޮންލައިން ރެޖިސްޓްރޭޝަން ހެއްދަވާނީ https://infomalias.wordpress.com/2019/10/17/mla-training-on-koha-ils މި ލިންކް ބޭނުންކުރައްވައިގެނެވެ. މި ތަމްރީނު ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ޓްރެއިނިންގް އޮފިސަރ އާމިނަތު ހަސްމާ (7917922) ނުވަތަ ސެކެޓްރީ ޙައްވާ ނަބާހާ ޢާމިރު (9565255) އަށެވެ.

 

18 ޞަފަރު 1441

17 އޮކްޓޫބަރު 2019