|
މަޤާމް: މަސައްކަތު (ވަގުތީ)
|
މުސާރަ: -/3100 ރުފިޔާ
|
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
|
|
ރޭންކް : އެސް. އެސް 1 ( ސަޕޯޓް ސަރވިސް 1 )
ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1
މަގާމުގެ ގިންތި: ވަގުތީ
|
އޮފީސް /އިދާރާ : މަނަދޫ ކައުންސިލް އިދާރާ
ޔުނިޓް: ކޯޕަރޭޓް އެފެއާރޒް
ސެކްޝަން: ޕްލޭނިންގ އެންޑް މުނިސިޕަލް ސާރވިސް
|
|
ވަޒީފާއަދާކުރަން ޖެހޭ ތަން: ނ.މަނަދޫ ކައުންސިލް އިދާރާ / ނ. މަނަދޫ މިސްކިތް
|
ބޭނުންވާ ޢަދަދު: 01
|
|
އެހެނިހެން ޢިނާޔަތްތައް:
|
މިމަޤާމުގައި ވަޒީފާއަދާ ކުރައްވާ ފަރާތްތަކަށް އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ރަމަޟާން މަހުގެ އިނާޔަތު ފައިސާ ދެވޭނެއެވެ.
|
|
މަޤާމުގެ އަސާސީ ޝަރުޠުތައް
|
1.ލިޔަން ކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތުތައް:
|
- ކޮންމެ ނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތާއި ވަޅުދޮށް ސާފުކުރުން.
- މިސްކިތް ފޮޅާ ސާފުކޮށް ވަޅުދިޔަހިއްކާ މިސްކިތާބެހޭ ހުރިހާ ކަމެއް ކުރުން.
- ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތެއް ރަށުގެ ވެރިން އަންގަވާ ގޮތައް ފަރުވާތެރިކަމާ އެކު ކުރުން.
- ފާޚާނާ އާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކުވެސް މިސްކިތައްގޮސް ހޮޅިބުރި ، ފަންކާ ، ކަބަޑުތައް ސާފުކުރުން. ހޮޅިބުރި ތަކާއި ފަންކާތައް ބޭނުންވާ ވަގުތުގައި ދިއްލާ ނިއްވުން.
- މިސްކިތްތަކަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ރަށުކައުންސިލް އިދާރާ އަށް އަންގަމުން ގެންދިއުން.
- ރަށުކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން މިސްކިތު ގޯތިތެރެ ވިނަނޮޅާ ސާފުކުރުން.
|
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
|
|
އިންޓަވިއުކުރުން:
|
- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ، ތަޖްރިބާއަށާއި ، މަސައްކަތައް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރުމުން ހޮވޭ ފަރާތްތަކާއެވެ.
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
- އިންޓަވިއު ކުރުން އޮންނާނެތަނާއި ތާރީޚް މިއިދާރާއިން އެފަރާތްތަކަށް އަންގާނެ ވާހަކަ ދަންނަވަމެވެ.
|
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ އަށެވެ.ރހ
|
|
އެޕްލިކޭޝަން އާއި އެކު ހުށަހަޅަންޖެހޭ ތަކެތި
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމް ލިބެން ހުންނާނީ ރަސްމީގަޑީގައި މިލަދުންމަޑުލުދެކުނުބުރީ މަނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ( މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި ،ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ )
- މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ
ނަންބަރާއި އީމެއިލް އެޑްރެހާއި އެކު)
|
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560029 ނަންބަރުފޯނާއެވެ. ފެކްސް ނަންބަރަކީ 6560029 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|