ދިވެހިރާއްޖެ
ތިރީގައި ދެންނެވިފައިވާ ރަށް ރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ބައުވެ ހަލާކުވެފައިވާ މުދާ، ދަޢުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިއުމާއި ނައްތައިލުމާއި ގުޅޭ އުޞޫލުގެ 2 ގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންވޭތޯ ބެލުމަށް އާންމުކޮށް ޢިއުލާން ކުރަމެވެ.
ވީމާ، ސަރުކާރުގެ އެއްވެސް އިދާރާއަކުން އެތަކެތި ބަލަން ބޭނުންވެއްޖެ ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް 10:00 އާއި 13:30 އާ ދެމެދުގެ ވަގުތެއްގައި ވަޑައިގެން ބެއްލެވުމަށްފަހު ބޭނުންވާ ތަކެތި 07 ދުވަސް ތެރޭ ނޯޓް ކުރެއްވުން އެދެމެވެ.
|
އަތޮޅު |
ކޯޓު |
ތަކެތި |
|
ހދ |
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު |
|
ނ |
މަނަދޫ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
|
ރ |
އުނގޫފާރު މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު |
|
ބ |
ފެހެންދޫ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، އަދި ހިފާ ގެންގުޅޭ ސާމާނު |
|
ވ |
ކެޔޮދޫ މެޖިސްޓްރޭޓް |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
|
ވ |
ފުލިދޫ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު |
|
ދ |
ހުޅުދެލީ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
|
ގދ |
ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
|
ސ |
މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
|
ސ |
މީދޫ މެޖިސްޓްރޭޓް ކޯޓު |
ފަރުނީޗަރު، މެޝިނަރީޒް އަދި ހިފާ ގެންގުޅޭ ސާމާނު |
16 ސަފަރު 1441