މަސައްކަތް
ނަންބަރު: (IUL)GS34/2019/26
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 1427
ސުންގަޑި: 21 އޮކްޓޫބަރު 2019 1200
ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

`

 

ށ.އަތޮޅު މަދަރުސާ

ށ.ކަނޑިތީމު، ދިވެހިރާއްޖެ

                                                           ނަންބަރު: IUL)GS34/2019/26)

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

           މި މަދަރުސާގެ ނަންބަރު (IUL)GS34/2019/24  06 އޮކްޓޯބަރ 2019ގެ އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅުއްވަން އެއްވެސް ފަރާތަކުން ޙާޞިރުވެލައްވާފައި ނުވާތީ ، އެ އިޢުލާން ބާޠިލްކޮށް، އަލުން އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް

05 ކްލާސްރޫމް ޢިމާރާތުގެ ޕާޓިޝަންތައް މަރާމާތުކުރުން.

          ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތް ޙަވާލުކުރުން

2019 އޮކްޓޫބަރ 15 އިން 2019 އޮކްޓޫބަރ 21 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް.

މަސައްކަތުގެ މަޢުލޫމާތާއި ސައިޓް ޗެކްކުރުން.

2019 އޮކްޓޫބަރ 21 ވާ ހޯމަ ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

2019 އޮކްޓޫބަރ 22 ވާ އަންގާރަ ދުވަހުގެ 13:00 ގައި ށ.އަތޮޅު މަދަރުސާގައި.

 

 މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ޕާޓިޝަންތައް މަރާމާތުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ށ.އަތޮޅު މަދަރުސާ

   ށ.ކަނޑިތީމު

   ފޯން: .6540059

   އީ-މެއިލް: [email protected]

          އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓްގެ  ބީލަމަށް ނަންނޯޓ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

    15 ޞަފަރު   1441      

    14 އޮކްޓޫބަރ  2019

2019-10-14