| 
 މަޤާމް: 
 | 
 ސޯޝަލް ސަރވިސް ވަރކަރ 
 | 
| 
 މަޤާމް ނަންބަރު: 
 | 
      J-316847،J-316848،J-316853 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 03 (ތިނެއް) 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 އެމް. އެސް. 2 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ ނުވަތަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ 
 | 
| 
 މަސައްކަތު ގަޑި: 
 | 
 ޑިއުޓީ އުސޫލުން 
 | 
| 
 ޑިވިޜަން/ސެކްޝަން: 
 | 
 ސޯޝަލް ސަރވިސް ޑިޕާޓްމަންޓް 
 | 
| 
 މުސާރަ: 
 | 
 -/6295 ރުފިޔާ 
 | 
| 
 ސަރވިސް އެލެވަންސް: 
 | 
 -/2000 ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސް: 
 | 
- -/1762.60 ރުފިޔާ (ޓެކްނިކަލް ކޯ އެލަވެންސް)
 
- ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
 
- ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %35.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ފައިސާ.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
 
 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤައުމީ ނިޒާމު އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދީ އެ ނިޒާމް ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތް ތަންފީޒުކުރުމުގައި ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 
- ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުމާއި ސަރުކާރުގެ ދާއިރާތަކުން ކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ މަސައްކަތްތައް ތަންފީޒުކުރަމުންދާކަން ޔަޤީންކުރުން.
 
- އެކި ބާވަތުގެ ހާނިއްކަ ލިބިފައިވާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމާބެހޭ ދާއިރާތަކާއެކު މަސައްކަތްކޮށް، މި މަސައްކަތް ވިލަރެސްކުރުން.
 
- ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ، ބަލަހައްޓާނެ ކުދިން ހުންނަ މަރުކަޒުތައް ޤާއިމްކުރުމަށް އެހީތެރިވެދީ، އެ މަރުކަޒުތަކުގައި ބައިތިއްބައިގެން ނުވަތަ އަމިއްލަ ޖަމާޢަތްތައް މެދުވެރިކޮށް އެކުދިންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައި، މިކަންކަން ހިނގާނުހިނގާ ގޮތް ބެލެހެއްޓުން.
 
- ކުޑަކުދިންނާއި ޢާއިލާގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ އެފަރާތްތަކާއެކު މަސައްކަތް ކުރުން.
 
- އެކިއެކި ގޮތްގޮތުން އަނިޔާލިބޭ ކުދިންގެ މައްސަލަތައް ބަލައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި އެކު އާއިލާގެ ޙާލަތު ނުވަތަ ހުށަހެޅޭ މައްސަލައަށް ހައްލު ހޯދުމުގެ އެންމެހާ މަސަކަތް ކުރުން
 
- ކުޑަކުދިންގެ ކަރާމާތައް ގެއްލުން ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ޙާލަތު ބެލުމާއި، އިޖްތިމާއީޢީ ރައްކާތެރިކަން ދިނުމާއި ހުށަހެޅޭ މައްސަލަތަކުގައި ކަމާބެހޭ އެހެނިހެން ދާއިރާތަކާއެކު ގުޅިގެން މަސައްކަތްކުރުން.
 
- ޢާއިލާތަކުގައި ހިނގާ މައްސަލަތަކާ ގުޅިގެން ޢާއިލީ މެންބަރުންގެ ކަރާމާތައް ގެއްލުން ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ޙާލަތު ބެލުމާއި، ނަފްސާނީ އެހީތެރިކަން ދިނުމާއި ހުށަހެޅޭ މައްސަލަތަކުގައި ކަމާބެހޭ އެހެނިހެން ދާއިރާތަކާއެކު ގުޅިގެން މަސައްކަތްކުރުން.
 
- ކުޑަކުދިންނާއި ޢާއިލީ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ ލަފާ އެޚިދުމަތް އެދޭ ފަރާތްތަކަށް ދިނުން.
 
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި އެނޫންވެސް ގުޅުންހުރި ޤާނޫނުތަކުގެ ދަށުން ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ބަލައި، އެ ކުދިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުން.
 
- ކުޑަކުދިންނާއި ޢާއިލާގެ މެންބަރުންގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ ޚިދުމަތް ލިބޭނޭ މަގު ފަހިކޮށްދިނުން.
 
- ބަލަމުންދާ މައްސަލަތަކުގައި ކޯޓުތަކަށް މަޢުލޫމާތު ދޭންޖެހިއްޖެ ޙާލަތެއްގައި އެމަޢުލޫމާތު ހޯދައި ދިނުމާއި ކޯޓުތަކަށް ޙާޟިރުވެ ބަޔާން ދިނުން.
 
- ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި ޑިޕާޓްމަންޓްގެ މަސައްކަތްތައް ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތެއް ކުރުން.
 
- ކުޑަކުދިންނާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު އެއްކުރުމުގެ ގޮތުންނާއި ޙާލަތު ބެލުމުގެ ގޮތުން ގޭގެއަށާއި، ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކަށާއި އަދި އެހެނިހެން ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދުމާއިއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
 
- ކުޑަކުދިންނަށް ކުރާ ތަފާތު އެކި ހާނިއްކަތަކާއި ގުޅިގެން ކުދިންގެ 'އިޖްތިމާޢީ ހާލަތު އަންގައިދޭ ރިޕޯޓް" ހަމަޖެހިފައިވާ އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލުމާއި އެކު ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހިއްޞާކުރުން.
 
- ކުޑަކުދިންނާއި ޢާއިލާތައް ހިމާޔަތްކުރުމާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިމިނިސްޓްރީން ތައްޔަރުކުރާ މަޢުލޫމާތު ތައްޔާރުކުރުމުގައި އެޑްވޮކަސީ، އައުޓްރީޗް އެންޑް މީޑިއާ ޑިވިޜަންއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 
 
 | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
 ސައިކޮލޮޖީ،ކައުންސެލިން، ސޯޝިއޮލޮޖީ، ސޯޝަލް ވޯކް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 
މިމަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ (ލައިސަންސް އޮތް) ފަރާތެއް ކަމުގައިވާންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ލައިސަންސް ހުށަހަޅުއްވަންވާނެއެވެ. 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
 
 
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
 
 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޫބަރު ނުވަތަ ނޮވެންބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. 
 | 
| 
 ޝޯޓް ލިސްޓްކުރުން: 
  
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  
 | 
| 
 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027526 ނަންބަރު ފޯނަށެވެ. 
 | 
| 
 15 ޞަފަރު 1441ހ 
14 އޮކްޓޫބަރު 2019މ 
 |