| 
 މަޤާމު 
 | 
 އެސިސްޓެންޓް ޑިރެކްޓަރ (ދާއިމީ) 
 | 
| 
 މަޤާމްގެ ނަންބަރު 
 | 
 J-229509 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 (އެކެއް) 
 | 
| 
 މަޤާމުގެ ގިންތި 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކް 
 | 
 އެމް.އެސް 3 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން 
 | 
 ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން 
 | 
 ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ޔުނިޓް: 
 | 
 އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް 
 | 
| 
 މުސާރަ 
 | 
 -/7,035 ރުފިޔާ (ހަތްހާސް ތިރީސް ފަހެއް ރުފިޔާ) (މަހަކު) 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 -/2,000 ރުފިޔާ (ދެހާސް ރުފިޔާ) (މަހަކު) 
 | 
| 
 އެހެނިހެން އެލަވަންސްތައް 
 | 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
 
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ (މަހަކު).
 
- ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) (ޓެކްނިކަލް ކޯ އެލަވަންސް ލިބޭނީ މަޤާމުގެ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ދާއިރާތަކުގެ ތެރެއިން އިކޮނޮމިކްސް ނުވަތަ ޕްރޮޖެކްޓު މެނޭޖުމަންޓު ނުވަތަ އާބަން ސްޓަޑީޒް ގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްގެން ވަޒީފާ ހަމަޖެހޭ ފަރާތަކަށެވެ.)
 
- ސަޕޯޓިންގ ކޯ އެލަވަންސް 2: 900.00 (ނުވަސަތޭކަ ރުފިޔާ) (ސަޕޯޓިންގ ކޯ އެލަވަންސް 2 ލިބޭނީ ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުޠުހަމަނުވެ ވަޒީފާ ހަމަޖެހޭ ފަރާތަކަށެވެ.)
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް 
 | 
- ރަށުކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒު ކުރުމުގައި އާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ސެކްޝަނަށް ޙަވާލުކުރެވޭ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ބަލައި ކައުންސިލަށާއި، ޒިންމާދާރުވެރިޔާއަށް ޖަވާބުދާރީވުމާއި އަދި އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ދިވެހި ސިވިލް ސަރވިސް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންގޮސް ބެލެހެއްޓުން.
 
- ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ސެކްޝަންގެ މުވައްޒަފުންލައްވާ ތައްޔާރުކުރުވުމާއި އެ ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމާއި ޕްލޭން ކުރެވިފައިވާ ކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމާއި އަދިފައިނޭންޝިއަލް ޕްލޭންގައި ވާގޮތަށް ފަންޑު ނުވަތަ ފައިސާ ހޯދުމުގެ މަސައްކަތް ދަޢުލަތުގެ މާލިއްޔަތު ގާނޫނާއި ޤަވާޢިދާ އެއްގޮތަށް މުވައްޒަފުންލައްވާ ކުރުވުމާއި ސުޕަވައިޒުކުރުން.
 
- ރަށުގައި ހިންގާ ތަފާތު ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ކުރާނެ ފަރާތްތައް ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް އިޢުލާންކޮށް އަދި އެކަމަށް އަންދާސީ ހިސާބުތައް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު އަންދާސީ ހިސާބު ބަލާ ކޮމެޓީއަށް ހުށަހަޅައި، އިވެލުއޭޓް ކުރުވައި އެކޮމެޓީއިން ކަނޑައަޅާ ފަރާތްތަކާއެކު ކުރެވޭ އެއްބަސްވުންތައް ސެކްޝަނުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ މުވައްޒަފުން ލައްވާ ތައްޔާރުކޮށް އެއާއެއްގޮތަށް ކުރެވޭ މަސައްކަތްތައް ހިނގާގޮތް ބެލުން.
 
- އަތޮޅުކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން.
 
- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ފަންޑުތައް އުފެއްދުން.
 
- ރަށުގެ އިޤްތިޞާދީ ތަރައްޤީއާބެހޭ ކަންކަން ވިލަރެސްކުރުވައި، އަދި އެޚިދުމަތް ދިނުމަށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކޮށް އިސްލާޙްކުރަންޖެހޭ ކަންކަން އިސްލާޙްކޮށް ނަތީޖާ ނެރެވޭނެ ގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމް ކުރުވައި ހިންގުން.
 
- ރަށުގެ ތަރައްޤީގެ ޕްރޮޖެކްޓްތަކާބެހޭ އެންމެހައި  ކަންކަން ވިލަރެސްކުރުވައި، އަދި އެޚިދުމަތް ދިނުމަށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކޮށް އިސްލާޙްކުރަންޖެހޭ ކަންކަން އިސްލާޙްކޮށް ނަތީޖާ ނެރެވޭނެ ގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމް ކުރުވައި ހިންގުން.
 
- ރަށުގައި ހިންގޭ ތަރައްޤީގެ ޕްރޮގްރާމްތަކާއި އަދި ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކުގެ ބަޖެޓް ތައްޔާރުކުރުވުމާއި އެކަން ކުރުމަށް ބޭނުންވާ ފަންނީ ލަފާ ސެކްޝަންގައި މަސައްކަތްކުރާ މުވަޒަފުންނަށް ދިނުމާއި އަދި އެފަދަ ޕްރޮގްރާމްތައް ތަންފީޒް ކުރުމާއި މޮނިޓަރ ކުރުމާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުގައި އިސްވެ ޙަރަކާތްތެރިވުން.
 
- ރަށުން ދިރިއުޅުމަށް ދޫކުރަންޖެހޭ ބަންޑާރަ ބިމާއި، އަދި އެހެނިހެން ބޭނުން ތަކަށް ދޫކުރަންޖެހޭ ބިން ބިން ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ދޫކުރުމުގެ އެންމެހައި އިންތިޒާމްތައް ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް ހަމަޖެއްސުން.
 
- ވިޔަފާރި ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތާއި، ވިޔަފާރި ހުއްދަ ދޫކުރުމާއި އަދި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ހިނގާނުހިނގާ ގޮތްބަލައި ޤަވާޢިދާއި ހިލާފަށް ހިންގާ ވިޔަފާރިތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުން.
 
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން އެފަދަ ވިޔަފާރިތައް ތަރައްޤީކުރަން ބޭނުންވާ ފައިސާ ނުވަތަ ލޯނު ފަދަ ވަސީލަތްތައް ލިބޭނެ މަގު ފަހިކޮށްދީ ވިޔަފާރިތައް ދެމެހެއްޓިނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޓްރެއިންގ ފަދަ ހަރަކާތްތައް ހިންގާ ބެލެހެއްޓުން.
 
  | 
| 
 މަޤާމުގެ ޝަރުޠުއް 
 | 
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒް ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މުނިސިޕަލް ސާވިސަސް ނުވަތަ އިކޮނޮމިކްސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
 
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒް ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
 
  | 
| 
 ހުށައަޅަންޖެހޭ ލިޔުންތައް 
 | 
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
 
 
(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.) 
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
   
| 
 ދާއިރާ 
 | 
 ބެލޭނެ ބައިތައް 
 | 
 މާކްސް 
 | 
 އިންސައްތަ 
(%) 
 | 
 ކެޓަގަރީގެ ޖުމްލަ އިންސައްތަ 
 | 
 
| 
 ތަޢުލީމާއި ތަމްރީނު 
 | 
 ލިބިފައިވާ ތަޢުލީމު 
 | 
 85 
 | 
 30 
 | 
 35 
 | 
 
| 
 މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު 
 | 
 30 
 | 
 5 
 | 
 
| 
 އިމްތިޙާން 
 | 
 "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" 
 | 
 12 
 | 
 5 
 | 
 5 
 | 
 
| 
 މަސައްކަތު ތަޖުރިބާ 
 | 
 މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ 
 | 
 28 
 | 
 15 
 | 
 15 
 | 
 
| 
 ލިބިފައިވާ ހުނަރު 
 | 
 އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް 
 | 
 100 
 | 
 45 
 | 
 45 
 | 
 
| 
 ޖުމްލަ 
 | 
 255 
 | 
 100 
 | 
 100 
 | 
 
 
 
ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ. 
 | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް hr@hoarafushicouncil.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޯބަރ 22އާއި 2019 އޮކްޓޯބަރ 30 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. 
 | 
| 
 ޝޯޓް ލިސްޓްކުރުން 
 | 
 މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500012 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
 |