މަސައްކަތް
ނަންބަރު: (IUL)382/382/2019/78
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 30 އޮކްޓޫބަރު 2019 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހި ހިޔާގައި ކުރަންހުރި މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ރަށްވެހި ހިޔާގައި ކުރަންހުރި މަރާމާތުތައްކޮށްދޭނެ

ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ    

 

 

                      ރަށްވެހި ހިޔާއަށް ބޭނުންވާ ބައެއްތަކެތި ގަނެ ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

                  އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 30 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

                   މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް، މިމަސައްކަތަށް ޝައުގުވެރިވެލައްވާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފްކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

                            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                   11 ޞަފަރު    1440

                   10 އޮކްޓޫބަރު  2019

10 އޮކްޓޫބަރު 2019