މަސައްކަތް
ނަންބަރު: (IUL)265/265/2019/34
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 14 އޮކްޓޫބަރު 2019 10:30
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުރިނބީ ފުޓްސަލްދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހދ.ކުރިނބީ ފުޓްސަލްދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު، މިއިދާރާގެ ނަންބަރ 265/265/2019/34(IUL) (15ސެޕްޓެމްބަރ 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 10:30

20 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:30

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ކުރިނބީ ފުޓްސަލްދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، ތަޖުރިބާއަށް 10 ޕޮއިންޓް އެވެ.

ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ޢިމާރާތްކުރުމާއި ޢިމާރާތް މަރާމާތުކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ އަދި ފިނިޝިންގ ވާރކްސްއެވެ. ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ/ލިޔުމަކަށް ބަލާފައެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮކްޓޫބަރު 2019