ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/I/2019/80
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 1536
ސުންގަޑި: 23 އޮކްޓޫބަރު 2019 1200
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އެގްޒެކެޓިވް އެސިސްޓެންްޓް (ގްރޭޑް 1)

މަޤާމް :ސީނިއަރ އެގްޒެކެޓިވް އެސިސްޓެންްޓް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

އޮޑިޓަރ ޖެނެރަލްގެ ބިއުރޯ

އަސާސީ މުސާރަ

 -/9000 (ނުވަ ހާސް) ރުފިޔާ

ސަރވިސް އެލަވަންސް

ދުވާލަކަށް -/230 (ދުއިސައްތަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް

-/2500 (ދެހާސް ފަސް ސަތޭކަ) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000 (އެއްހާސް) ރުފިޔާ   

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750 (ހަތްސަތޭކަ ފަންސާސް ރުފިޔާ)

އަސާސީ ޝަރުތު

 1. މަސައްކަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ މެނޭޖްމަންޓް ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 2. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ މެނޭޖްމަންޓްް ދާއިރާއިން ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

 1. ވަޒީފާގެ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް މަސައްކަތެއް ނުކުރުން
 2. ވަޒީފާގެ މަޞްލަޙަތު ފުށުނާރާފަދަ، މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
 3. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 5. މި އޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

 1. އޮޑިޓަރ ޖެނެރަލް ބިއުރޯގެ އެންމެހާ ކަންތައްތައް ރާވައި އިންތިޒާމްކުރުން.
 2. އޮޑިޓަރ ޖެނެރަލް ބޭނުންފުޅުވާ ސިޓީތައް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
 3. އޮޑިޓަރ ޖެނެރަލްސް ބިއުރޯއަށް ބޭނުންވާ ލިޔެކިއުމާއި ގުޅޭ ސާމާނު ހޯދުން.
 4. އޮޑިޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓްތަކާއި ޝެޑިއުލް މެނޭޖްކުރުން.
 5. އޮޑިޓަރ ޖެނެރަލްގެ ބައްދަލުވުންތައް އިންތިޒާމުކުރުން.
 6. އޮޑިޓަރ ޖެނެރަލްގެ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް އިންތިޒާމްކުރުން
 7. އޮޑިޓަރ ޖެނެރަލް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެހާ ކަންތައްތައް އިންތިޒާމުކުރުން.
 8. އޮޑިޓަރ ޖެނެރަލްގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން. (އެޖެންޑާ ތައްޔާރުކުރުން، މީޓިންގ ގަޑިއަށް ކުރިއަށްގެންދިޔުމައްޓަކައި ގަޑި ބެލެހެއްޓުން، ނިންމާ ނިންމުންތައް ކަމާގުޅޭ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނަށް ފޮނުވުން، ޔައުމިއްޔާ ތައްޔާރުކޮށް ފައިލްކުރުން، ބައްދަލުވުންތަކާ ގުޅޭ ޑޮކިއުމަންޓްތައް ފައިލްކޮށް ބެލެހެއްޓުން.)
 9. އޮޑިޓަރ ޖެނެރަލްސް ބިއުރޯގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 10. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
 4. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ).
 5. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
 6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.(މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
 7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް އަދި ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.

ޓެކްނިކަލް އެސެސްމަންޓްތައް އަދި އިންޓަރވިއު، އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ހެދޭ އެސެސްމަންޓްތައް އަދި އިންޓަރވިއު އޮންނާނީ 30 އޮކްޓޫބަރު 2019 އިން 12 ނޮވެމްބަރު 2019 އާއި ދެމެދު އޮޑިޓަރ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އެސެސްމެންޓްތަކާއި ގުޅިގެން ކުރަންޖެހޭ މުައާމަލާތްތައް އީމެއިލްގެ ޒަރީޔާއިންވެސް ކުރެވޭނެއެވެ.

އެހެނިހެން

 1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް މިއޮފީހުގެ ވެބްސައިޓްގައި ޝާއިރުކުރެވޭނެއެވެ. އަދި ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
 2. ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
 3. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
 4. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
 5. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

23 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.    

2019-10-09