ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)386/386/2019/31
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 1419
ސުންގަޑި: 16 އޮކްޓޫބަރު 2019 1000
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކަރި ގެންގުޅުމަށް ކުއްޔަށް ބިން ދޫކުރުން

މިރަށު ކަންޑަރު އަވަށުން ބަކަރި ގެންގުޅުމަށްޓަކައި 03 ބިން، ބިޑް އުސޫލުން އެންމެ މަތީ އަގެއް ހުށަހަޅުއްވާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެކެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައިގަންނަވާއިރު، އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރެޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

 

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރައްވަންޖެހޭ

16/10/2019

10:00

އަގު ހުށަހަޅުއްވަންޖެހޭ

24/10/2019

10:00

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2019-10-08