ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448-ASS/1/2019/113
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 15 އޮކްޓޫބަރު 2019 13:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ވިންޑް ޑައިރެކްޝަން އިންޑިކޭޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

        ކުޅުދުއްފުށި، ފުނަދޫ އަދި މާވަރުލު އެއަރޕޯޓަށް ބޭނުންވާ ވިންޑް ޑައިރެކްޝަން އިންޑިކޭޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)448/1/2019/94 އިޢުލާނާއި ގުޅިގެން އަގު ހުށައަޅުއްވާފައިވަނީ 01 ފަރާތުން ކަމަށްވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

        ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މައޫލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3323776 ނަންބަރު ފޯނާއެވެ.

08 އޮކްޓޫބަރު 2019