ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)101-AF/1/2019/308
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 1622
ސުންގަޑި: 16 އޮކްޓޫބަރު 2019 1200
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ އޮފީސް އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީއަށް ބޭނުންވާ އޮފީސް އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއަށް އޮފީސް އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކުރެވިފައިވާ މައުލޫމާތުޝީޓާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަގު ހުށަހެޅުން.

ބީލަން ހުށަހަޅާ ފަރާތްތަކުން، ބީލަން ހުށަހެޅުމުގައި  އައިޓަމްތަކަށް ވަކިވަކިން އަގު ހުށައެޅިދާނެއެވެ. އަގު ހުށަހަޅަންވާނީ ކޮންމެ އައިޓަމަކަށް ވަކިވަކިން ބިޑް ހުށަހަޅާ ފޯމްއިންނެވެ. ހުށަހަޅާ ބިޑްގައި މި ތަފްސީލްތައް ވަކިން އެނގެން އޮންނަންވާނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތް/ތައް ކަނޑައަޅާނީ ކޮންމެ އައިޓަމަކަށްވެސް ވަކިވަކިން މާކްސްދީގެން، އެންމެގިނަ މާކްސް ލިބޭ ފަރާތް ނުވަތަ ފަރާތްތަކަށް އެއައިޓަމެއްގެ ބީލަން ކާމިޔާބުވާގޮތަށެވެ. އަގު ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.

 

 •   ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
 • މަތީގައި ބަޔާންކޮށްފައިވާ އައިޓަމްގެ ސްޕެސިފިކޭޝަންތަކާއި އެއްވަރު ވާންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ ދަށްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
 • އަގު ހުށަހަޅާއިރު "އަގު ހުށަހަޅާ ފޯމް" ނެތިޖެއްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
 • ބިޑް ހުށަހަޅާފަރާތަކީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރެޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންވާނެއެވެ.  އަދި ޤާނޫނުގައިވާފަދައިން ރެޖިސްޓްރީ ކުރެވިފައިނުވާނަމަ ބިޑް ބާތިލްކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.

 

 1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
 2. އެސްޓިމޭޓް/ ކޯޓޭޝަން
 3. ޕްރޮފައިލް
 4. ވޮރަންޓީ ލެޓަރ
 5. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
 6. ތަޖުރިބާ ބަޔާންކުރާ ލިޔުން
 7. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
 8. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

 

ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

60%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

2

މުއްދަތު:

10%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން

3

ތަޖުރިބާ:

%30

 ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 3 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 30 ޕޮއިންޓެވެ.)

 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 16 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ،  1691 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

2019-10-07