ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2019/39
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 0834
ސުންގަޑި: 10 އޮކްޓޫބަރު 2019 1300
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޑްރައިވަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 39/IUL)95-A/1/2019)

ތާރީޚް: 07 އޮކްޓޯބަރު 2019

މަގާމް:       

ޑްރައިވަރ

ރޭންކް: SS2

ކޯޓް / ސެކްޝަން

ހައިކޯޓު

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

3470/-ރުފިޔާ

ސަރވިސް އެލަވަންސް                

-/1000 ރުފިޔާ

ލިވިންގ އެލަވަންސް

2,850/-ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަގާމުގެ  ޝަރުތު:

1- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސެންސްއެއް (ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރައްވާ އެއްގަމުގައި އިންޖީނުލީ އެއްޗެތި ދުއްވުމުގެ ކެޓަގަރީ B1 ގެ ލައިސަންސް) / ހުއްދައެއް / ސަނަދެއް ހާޞިލް ކޮއްފައިވުމާއެކު ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މީހެއްކަމުގައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، SS1 ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

 1. ހައިކޯޓްގެ ބޭނުމަށްޓަކައި، ހައިކޯޓުން ހުއްދަކުރާ ދަތުރުތައްކުރުމާއި، ފަނޑިޔާރުންނާ ކޯޓްގެ މުވައްޒަފުން ގޮވައިގެން ކަނޑައެޅިފައިވާ ތަންތަނަށް ގަޑިއަށް ގެންދިޔުމާއި އަނބުރާ ގެނައުމާއި، އޮފީހަށް ގަންނަތަކެތި ވެހިކަލްގައި އޮފީހަށް ގެނައުން.
 2. ވެހިކަލްގެ މަރާމާތުތައް އޮފީހުގެ ހުއްދައާއެކު ޤަވާޢިދުން ކުރަމުން ގެންދިޔުމާއި، ވެހިކަލަށް ބޭނުންވާ ތެޔޮ މަދުނުވާ ވަރަށް އަޅާފައި ބެހެއްޓުމާ، ކޮންމެ ތިންމަހުން އެއްމަހު އަޑީތެޔޮ ބަދަލުކުރުން.
 3. ވެހިކަލް ދޮވެ ސާފުކޮށް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އަދި ވެހިކަލް ސާފުތާހިރުކޮށް ބެލެހެއްޓުމަށް ބޭނުންވާނެ ސާމާނު ހޯދުން.  
 4. ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް ވަގުތުން އޮފީހަށް އެންގުން.
 5. ރައްކާތެރި ތަނެއްގައި ރައްކާތެރި ގޮތެއްގައި އުޅަނދު ބޭއްވުމާއި،  އުޅަނދު ދުއްވުމުގަޔާއި ޕާކް ކުރުމުގައި ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކަށް ފަރުވާތެރިވުން.

 6. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއްކުރުން.

މީގެ އިތުރުން ވެރިންއަންގަވާ އޮފީހުގެ ރަސްމީމަސައްކަތް ކުރުމާ، ނުރަސްމީގަޑީގައި ވެސް ވެރިންއަންގަވާ ރަސްމީމަސައްކަތް ކުރުން. 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 2. ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރައްވާ އެއްގަމުގައި އިންޖީނުލީ އެއްޗެތި ދުއްވުމުގެ (ކެޓަގަރީ B1)  ލައިސަންސްގެ ކޮޕީ،
 3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަޑު ޖަހާފައިވާ އަސްލު)
 4. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
 5. ގްރޭޑް 5 އަކުން ފެށިގެން މަތީ ގްރޭޑެއްގައި އުޅުނުކަމުގެ ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ ނުވަތަ އަސާސީ ތަޢުލީމްގެ ފެންވަރަށް ތަކެތި ލިޔަން ކިޔަން ދަންނަ ކަން އަންގައިދޭ ލިޔުން،
 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 7. ވަޒީފާ އަދާކުރައްވާ ފަރާތެއްކަމުގައިވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

 

 

 

 

ޕޮއިންޓް ދެވޭ ގޮތް

- ލިބިފައިވާ ހުނަރާއި ޤާބިލްކަން ބެލުމަށް  ކުރެވޭ އިންޓަރވިއު %55        

- ބިފައިވާ ތައުލީމަށް %25                              

- ލިބިފައިވާ ތަޖުރިބާ އާއި ތަމްރީން %20                   

 

ސުންގަޑި 

 10 އޮކްޓޯބަރު 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް   ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

2019-10-07