ކުއްޔަށް ދިނުން
ނަންބަރު: (IUL)383/383/2019/65
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 1057
ސުންގަޑި: 14 އޮކްޓޫބަރު 2019 1300
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލާއި ގޭހުގެ މަސައްކަތަށް ބިން ދޫކުރުން

މިރަށުގެ ބަނދަރުގެ ދެކުނު ކޮޅުން ތެލާއި ގޭހުގެ ވިޔަފާރިކުރުމަށްޓަކައި އަލަށް ބިންނަގައިގެން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން 03 ބިން ކުއްޔަށްދިނުމަށްޓަކައި 30 ސެޕްޓެމްބަރު 2019ގައި ކުރެވުނު މިއިދާރާގެ ނަންބަރު (IUL)383/383/2019/64 އިޢުލާން ބާޠިލްކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން  ހުޅުވާލައިފީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. ތެލާއި ގޭހުގެ ވިޔަފާރިއަށް ދޫކުރާ ބިންތައް ކުއްޔަށްދިނުމާގުޅޭ ބީލަން ކަރުދާސް 2019 އޮކްޓޫބަރު 03 ވާ ބުރާސްފަތި ދުވަހުގެ 12:00 ން ފެށިގެން 2019 އޮކްޓޫބަރު 14 ހޯމަ ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ކަރުދާސް އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.

ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2019 އޮކްޓޫބަރު 21 ހޯމަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ކޮންމެ ފަރާތެއްގެ ނަމުގައި ނެންގެވޭނީ ގިނަވެގެން 03 ފޯމެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްނަމެއްގައި 2ބިން ދޫނުކުރެވޭނެއެވެ.

ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރެޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީގެ ކޮޕީ  ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

2019-10-03