ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)177/1/2019/68
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 13 އޮކްޓޫބަރު 2019 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

 

ހިއުމަން ރިސޯސް އޮފިސަރ

މަޤާމް:

J 219769

މަޤާމުގެ ނަމްބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލް އެޑްމިނިސްޓްރޭޝަން

 

ޑިޕާޓްމަންޓް / ސެކްޝަން / ޔުނިޓް

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް /  މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު 5610/- ރުފިޔާ

މުސާރަ:

މަހަކު 2000/- ރުފިޔާ

ސަރވިސް އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އިތުރު އިނާޔަތްތައް

  1. މުވައްޒަފުންގެ ޗުއްޓީ އާއި ސަލާމުގެ ކަންތައް ބެލެހެއްޓުން.
  2. ޕަރފޯމަންސް އެޕްރެއިޒަލްގެ ކަންތައް ބެލެހެއްޓުން.
  3. ހާޟިރީ ބެލެހެއްޓުމާއި ޙާޟިރީ ރިޕޯޓް ތައްޔާރުކުރުން.
  4. މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުން.
  5. މުވައްޒަފުން ވަޒީފާއަށް ވެއްދުމާއި ވަކިކުރުމުގެ މަސައްކަތާއި މުވައްޒަފުންގެ ވަޒީފާ ބަޔާނާއި  ވަޒީފާގެ އެއްބަސްވުން ތައްޔާރު ކުރުން.
  6. މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  7. އެޗް.އާރް ކަންތަކާއި ބެހޭ ގޮތުން މުވައްޒަފުން ފޮނުވާ ސިޓީފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ތައްޔާރު ކުރުން.
  8. މުވައްޒަފުންގެ މުސާރަ ދިނުމާގުޅޭ މަސައްކަތްތައް ކުރުމާއި ސެޕް އިން ސްޓޭޓަސް އަޕްޑޭޓް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

    ހިއުމަން ރިސޯސް

މަޤާމުގެ ދާއިރާ:       

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން.

ތައުލީމީ ރޮނގުތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 13 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޯބަރ 15 އާއި 2019 އޮކްޓޯބަރ 22 އާ ދެމެދު، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން:

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 ނުވަތަ 3310898 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

02 އޮކްޓޫބަރު 2019