ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)KRH-PLD/2019/20
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 13 އޮކްޓޫބަރު 2019 10:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އައި. ޓީ ހާރޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

        މިހޮސްޕިޓަލަށް ބޭނުންވާ އައި. ޓީ ހާރޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަށް 01  އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި މިހޮސްޕިޓަލަށް ނުވަތަ ހެލްތް މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަނަށްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ.  އަދި 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި ޕްރީ ބިޑް ސެޝަންއެއް މި ހޮސްޕިޓަލް އަދި ހެލްތް މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ހޮސްޕިޓަލް އަދި ހެލްތް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާނަމަ 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

30 ސެޕްޓެންބަރު 2019