ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)337/337/2019/61
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1554
ސުންގަޑި: 07 އޮކްޓޫބަރު 2019 1400
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

 

 

ނަންބަރު: 61(IUL)337/337/2019/

 

 

ވަޒީފާގެ ފުރުޞަތު

މިއިދާރާގެ ނަމްބަރ: (IUL)337/337/2019/30 ( 23 އޭޕްރީލް 2019) އިޢުލާންއާއި ގުޅިގެން ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަޤާމަށް އިޢުލާން ކުރީމެވެ.

އިޢުލާނު

ޕްލޭނިންގ އޮފިސަރ

މަޤާމް:

(J-271991)

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

( ދާއިމީ )

މަޤާމުގެ ގިންތި:

(އެމް.އެސް 1)

މަޤާމުގެ ރޭންކް:

(ޓެކްނިކަލް އޮފިސަރ ގްރޭޑް 1 )

މަޤާމުގެ ކްލެސިފިކޭޝަން:

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ / ކ.މާފުށި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/5610 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

-/700 ރުފިޔާ

ސަރވިސް އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް:     

ސިވިލް ސާރވިސް ޤާވާއިދުގައިވާ ގޮތުގެ މަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ.

އެހެނިހެން އެލަވަންސް:

 1. 1.      ސެކްޝަންގެ ލިޔެކިޔުންތަކާ ފައިލްތައް ރައްކާތެރިކަމާއެކު ތަރުތީބުން ބެލެހެއްޓުން.

 

 1. 2.      އޮފީހުގެ ދުވަހު ޔައުމިއްޔާ ލިޔުމަށް ބޭނުންވާ މަޢުލޫމާތާއި އަހަރު ނިމުމުން އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އިދާރީ ސެކްޝަނަށް ދިނުން.

ހ- އިދާރާގެ ދުވަހު ޔައުމިއްޔާއަށް ބޭނުންވާ އެންމެހާ މަޢުލޫމާތު ތަކާއި ސެކްޝަނުގައި ކުރެވޭ މުހިންމު ކަންކަމުގެ މަޢުލޫމާތު  ޔައުމިއްޔާ ލިޔެބަލަހައްޓާ ސެކްޝަނާ ޙަވާލުކުރުން.

ށ- އިދާރާއިން ތައްޔާރުކުރެވޭ އަހަރު ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތެއް ވާނަމަ އެ މަޢުލޫމާތެއްވެސް އަހަރީ ރިޕޯޓް ލިޔެ ބަލަހައްޓާ ސެކްޝަނަކަށް އަހަރު ނިމުމުމާއެކު ފޮނުވުން.

ނ- ޔައުމިއްޔާއާއި، އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނީ ކައުންސިލްގެ ރައީސްއާއި މަޝްވަރާކޮށް ލިޔުމަކުން ނުވަތަ އީމެއިލްގެ ޒަރީޢާއިންނެވެ.

 

 1. 3.      ސެކްޝަނުން ކުރުމުން ދާ މަސައްކަތްތަކާ ގުޅޭގޮތުން ހަދަންޖެހޭ އެއްވެސް ރިޕޯޓެއް ވާނަމަ އެރިޕޯޓެއް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ތައްޔާރުކޮށް ކައުންސިލާ މަޝްވަރާކުރުމަށްފަހު ފޮނުވަންޖެހޭ އެންމެހާ މުޢައްސަސާތަކަށް މެއިލް ކުރުން/ފެކްސްކުރުން

 

 1. 4.      ރަށުގެ ތަރައްޤީގެ އެންމެހައި ޕްލޭންތައް އެކުލަވައިލުމުގައި ކައުންސިލާއި ސެކްޝްޝަން ހިންގަވާ ބޭފުޅެއް ނިންމަވާ ޕްރޮޖެކްތަކާ ގުޅޭގޮތުން ތަރައްޤީއަށް ކުރެވޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން

 

5 ސަރުކާރާއި އެކި ފަރާތްތަކުން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި،މޮނިޓަރކޮށް ބެލެހެއްޓުން

ހ- ސަރުކާރާއި އެކި ފަރާތްތަކުން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، މޮނިޓަރކޮށް ބެލުން

ށ- ޕްރޮޖެކްޓްތަކާބެހޭ ފައިލްތައް ހެދުމާއި އެކިއެކި ޕްރޮޖެކްތަކާބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ޕްރޮޖެކްޓްތަކާބެހޭ މެސެޖުސިޓީގެ ޖަވާބުދިނުމާއި، ޕްރޮޖެކްޓްތަކާ ގުޅިގެން ކައުންސިލާ ސެކްޝަންގެ ވެރިޔާ އަންގަވާ ކަންކަން ކުރުން

 

6. ރަށުގެ ތަފާސް ހިސާބުތައް ހެދުމަށް ބޭނުންވާ އެންމެހާ މަޢްލޫމާތު މަހުންމަހަށް އަހަރުން އަހަރަށް އިދާރާގެ އެކިއެކި ސެކްޝަންތަކުންހޯދާ އެއްކޮށް ރެކޯޑްކުރުމާއެކު އެކިކަންކަމާގުޅޭ ތަފާސް ރިޕޯޓްތައް ތައްޔާރުކުރުން

 

7. ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ  ހ - ގައި ބަޔާންކޮށްފައިވާ ރަށް ތަރައްޤީކުރުމުގެ މަސައްކަތް ކައުންސިލާ،ސެކްޝަންގެ ހެޑެއްގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅަކު އަންގަވާ ކަމެއް ކުރުން (23 - ހ)

 

8-  ރައްޔިތުންގެ ބައިވެރިވުމާއި އެކު ރަށުތަރައްގީގެ ޕްލޭން އެކުލަވާލައި މިގޮތުން އެކުލަވާލެވޭ ރަށުތަރައްގީގެ ޕްލޭން އަތޮޅުކައުންސިލަށް ފޮނުވުން (23 ށ)

 

ހ- ތަރައްޤީ ޕްލޭން އެކުލަވާލުމަށްޓަކައި އެކިއެކި ދާއިރާތަކުން މީހުންނަގާ ލިސްޓްކުރުމާ، ކައުންސިލާ އިދާރާގެ އެންމެހާ މުވައްޒަފުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުން

ށ- ކައުންސިލާ ސެކްޝަންގެ ވެރިންގެ މަޝްވަރާގެ މަތީން ތަރައްޤީ ޕްލޭން އެކުލަވާލުމަށް ބޭއްވޭ ވޯރކްޝޮޕްގެ ޕްރޮގްރާމް ތައްޔާރުކުރުން

ނ- ތަރައްޤީ ޕްލޭން އެކުލަވާލުމަށް ބޭއްވޭ ވޯރކް ޝޮޕަށް ހިނގާނޭ އެންމެހާ ޚަރަދުތައް ބަލާ ބަޖެޓްސެކްޝަނަށް ހުށަހަޅާގެން އެތަކެތި ހޯދާ ތައްޔާރުވުން    

 

9. ރަށު ތަރައްޤީ ޕްލޭން ތަންފީޒް ކުރުން (23 ނ)

ހ- ރަށުކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތް ކުރެވިގެން ސަރުކާރުންއެކަށައަޅާ މަޝްރޫޢު ތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޒު ކުރުމަށް ރަށުކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ޤާނޫނުގައިވާ ގޮތުގެމަތިން ތަންފީޒު ކުރުން.

ށ- ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީ ތަކަށާއި، އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒު ކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެ، މިނިސްޓްރީ ތަކުންނާއި އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ޤަވާޢިދުން ރިޕޯޓްކުރުން.

ނ- ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވަ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަސްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތަކަށް ހުށަހެޅުމާއި ތަފާތު އެކިއެކި ކަންކަމަށް ފަންޑް އުފެއްދުން .

 

 

10. ލިޔެކިޔުމުގެ ތަކެތި ފިޔަވާ އިދާރާއަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަށް ބަޖެޓް ސެކްޝަނަށް ފޮނުވާ އަދި ބަޖެޓުން ތަކެތި ލިބުމުން އެތަކެތީގެ ސްޓޮކް ބެލެހެއްޓުން

ހ- ލިޔެކިޔުމުގެ ތަކެތި ފިޔަވާ އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހާ ފަރާތްތަކަށް ބޭނުންވާ ތަކެއްޗަށް އެދުމުން އެތަކެއްޗެއް ހޯދުމަށް ބަޖެޓްސެކްޝަނަށް ތަކެއްޗަށް އެދޭފޯމުން ހުށަހެޅުން

ށ- މީގެ އިތުރުން ވެސް ލިޔެކިޔުމުގެ ގޮތުން ހޯދޭ ތަކެތި ފިޔަވާ އެހެނިހެން ބޭނުންތަކަށް އިދާރާއަށް ބޭނުންވާނޭކަމަށް ފެންނަ ތަކެތިވެސް ހޯދުމަށް ބަޖެޓް ސެކްޝަނަށް ހުށަހަޅަމުން ގެންދިޔުން

ނ- އަދި ބަޖެޓް ސެކްޝަނުން ތަކެތި ލިބުމާއެކު ލިޔެކިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ހޯދޭތަކެތީގެ ސޮޓަކަށް އަރުވާ ކުރީގެ ބާކީ ދިމާކޮށް ބަލަހައްޓަމުން ގެންދިޔުން

ރ- އިދާރާގެ އެކިއެކި ފަރާތްތަކަށް ހޯދޭ މިބާވަތުގެ ތަކެތި އެކަށީގެންވާ ރަށްކާތެރި ތަނެއްގައި ތަޅުލައިގެން އޭގެ ސްޓޮކް ބަލަހައްޓަމުންދިޔުން

ބ- އަދި ތަކެތި ބޭނުންވެގެން އެދޭ ފަރާތްތަކަށް ތަކެތި ދޫކުރުމުގައި ޤަވާއިދުން ސްޓޮކުން ލިޔެ ބާކީކޮށް ސޮއިކުރުމަށްފަހު ތަކެތި ޙަވާލްކުރަމުން ގެންދިޔުން

ޅ- މިގޮތުން މިސްކިތްތަކަށާ، އިދާރާގެ ފޮޅާ ސާފުކުރުމަށް ބޭނުން އެންމެހާ ތަކެތި ހުސްނުވެ ބަޖެޓުން ތަންދިން މިންވަރަކަށް ހޯދާ ސްޓޮކަށް ޖަމާކޮށްފައި ބެހެއްޓުމަށް ސަމާލްކަން ދިނުން

 

11. ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ޙާދިސާތަކުގައި އެހީތެރިކަންފޯރުކޮށްދެވޭނޭ ނިޒާމެއް ޤާއިމުކުރުން.

ހ- ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ދުރާލާ ވިސްނާ އިދާރާއަށާ، އިދާރާއިން ބަލަހައްޓާ ތަންތަނުގެ ޙާލަތު ބަލާހޯދާ އެފަދަ ތަންތަނަށް ބޭނުންވާ ބޭނުން ކުރާނޭ އާލާތްތައް ބަޖެޓްސެކްޝަނަށް ހުށަހަޅައިގެން ހޯދާ ޤާއިމްކުރުން މިގޮތުން އަލިފާނުގެ ޙާދިސާ ހިގާނފާނެކަމަށް އަލިފާން ނިވާފުޅި އެކަށީގެންވާ ޢަދަދަށް ހުރިހާ ޑިޕާރޓްމަންޓަކަށް ހޯދާ އިންސްޓޯލްކޮށްފައި ބެހެއްޓުން، ނުވަތަ ކަރަންޓް ކެޑިދާނެކަމަށް އެމަޖެންސީލައިޓް ހޯދާ ހަރުކޮށްފައި ބެހެއްޓުން އަދި ފަޔަރ އެލާމް ނެޓްވޯރކުން އެގޭނޭގޮތެއް ޤާއިމްކުރުމަށް މަސައްކަތް ކުރުން ފަދަ ކަންކަން ހިމެނެއެވެ.

ށ- މީގެ އިތުރުން ކުއްލި ނުރައްކަލުގެ ޙާލަތުގައި ޢަމަލް ކުރާނޭ ގޮތުގެ ތާވަލެއް އެކުލަވާލާ އިދާރާގެ ސްޓާފުންގެ މެދުގައި ޙިއްސާ ކުރުމާ، އެކަމަށް އިދާރާގެ ސްޓާފުންނާ ރަށުގެ ތެރެއިން ބޭފުޅުން އެކުލެވޭގޮތަށް ޓާސްކްފޯސްއެއް ނަގާ އެކުލަވާލާފައި ބޭއްވުން އަދި މިޓާސްކް ފޯސް ގެ މީޓިންތައް އެންމެމަދުވެގެން އަހަރަކު 2 ފަހަރު ބާއްވަމުންގެންދިޔުން.

ނ- ރަށުގެ ރައްޔިތުންނަށް އަމާޒްކޮށް ކުއްލި ޙާލަތުގައި ޢަމަލުކުރާނޭ ތާވަލެއްވެސް އެކުލަވާލާ ރައްޔިތުންނާ ޙިއްސާ ކޮށްފައިބޭއްވުން އަދި ނެގިފައިވާ ޓާސްކްފޯސްގެ މެމްބަރުން ރައްޔިތުންނަށް ތަޢާރަފްކޮށްފައި ބޭއްވުންއަދި މިކަމާ ގުޅޭ އެންމެ ފަހުގެ މަޢްލޫމާތުތައް ހޯދާ ރައްޔިތުންނާ ޙިއްސާ ކުރުމަށް މަސައްކަތްކުރުން.

ރ- ކުއްލި ޙާލަތުގައި ދިމާ ވާ އެންމެހާ ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ކައުންސިލްގެ މެމްބަރުންނާއެކު އެހީތެރިވެ އެކަމަކުން ސަލާމަތްވުމަށް މަސައްކަތް ޢަމަލީ ގޮތުން ކުރެއްވުން.

 

12. ރަށުކައުންސިލްތަކުން ދިނުމަށް ޤާނޫނުން ލާޒިމްކުރާ އެންމެހާމަސައްކަތްތަކުގައި ސެކްޝަނާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކުގައި ކައުންސިލަށް އެހީތެރިކަން ދެއްވުން

 

13. ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެއަހަރަކު ފެބުރުއަރީ އާއި ޖުލައި މަހު ބާއްވަންވާނެއެވެ. މިގޮތުން ފެބުރުއަރީމަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓައިއޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަންވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާއާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތުތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލްހޯދަންވާނެއެވެ.މިގޮތުންރައްޔިތުންނާއި ބައްދަލުކުރުމުގެ 07 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓްތަކާއި ޕްލޭނާއިބަޖެޓްގެ މައުލޫމާތު އާމްކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްޤީގެޕްލޭނަށް ޢަމަލީ ސިފަ އަންނަމުން ދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުންއެއްމަހު ކައުންސިލުން އާއްމުކޮށް ހާމަކުރަންވާނެއެވެ.

ހ- މަތީގައި ބަޔާންކޮށްފައިވާގޮތަށް ރައްޔިތުންނާ ބައްދަލުކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދަންވާނެއެވެ.

ށ- މިބައްދަލުވުމުގައި ކަނޑައެޅިފައިވާގޮތަށް އެންމެ ހާ މަޢުލޫމާތުތައް ރައްޔިތުންނާ ޙިއްސާ ކުރަންވާނެއެވެ.

ނ- އަދި ސެކްޝަނުން ކުރާ މަސައްކަތްތައްވެސް ރައްޔިތުންނާ ޙިއްސާ ކުރުމުގެ އިތުރުން ތަރައްޤީ ޕްލޭންގައިވާ ކަންކަން ކުރެވެމުންދާ މިންވަރުވެސް ރައްޔިތުންނާ ޙިއްސާ ކުރަންވާނެއެވެ.

 

14. މާފުށީ ކައުންސިލުން ރައްޔިތުންގެ އަސާސީ ބޭނުންތައްފުއްދުމަށްޓަކައި ކުރާ އިންވެސްޓްމަންޓް އެއަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ އާމްދަނީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑުވާނަމަރައްޔިތުންނަށް އެއިންވެސްޓްމަންޓެއްގެ މަޢުލޫމާތު ދިނުން .

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 • ތަޢުލީމާއި ތަމްރީނު                   %40
 • ސިވިލް ސާރވިސްގެ އިމްތިހާނު            %5
 • މަސައްކަތު ތަޖްރިބާ                  
 • ލިބިފައިވާ ހުނަރު / އިންޓވިއު            %40

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ (14:00) ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް                  ( [email protected] ) އަދި ފެކްސް (6640073) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 08 އޮކްޓޯބަރ 2019 އާއި 16 އޮކްޓޯބަރ 2019 އާ ދެމެދު، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.

 

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6640073) އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، ( 6640073) އެވެ. އީ-މެއިލް ކުރާނީ      ([email protected]  )އަށެވެ.

 

     

 

                                  30  މުޙައްރަމް   1441

                                  29  ސެޕްޓެމްބަރ  2019

 

2019-09-29