ދެންނެވުން
ނަންބަރު: (IUL)320-PRM/320/2019/64
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1347
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށް ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމާބެހޭ

މިއިދާރާގެ ނަންބަރު:(IUL)320/320/2019/62 (25 ސެޕްޓެމްބަރ 2019) އިޢުލާނުން ޢާއްމު ކުރެވިފައިވާ ގޮތުގެ މަތިން، އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށް ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ޙަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތް ތަކުން 10 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ޢާއްމު ކުރެވިފައިވާ އިޢުލާނުގެ މުއްދަތު 03 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ނިޔަލަށް އަވަސް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

              ވީމާ، މަތީގައި ދެންނެވިފައިވާ ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރާ ކޮމިޓީގައި ޙަރަކާތްތެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚުގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުމަށް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2019-09-29