މަސައްކަތް
ނަންބަރު: 171-I2(b)/IUL/2019/146
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 30 ސެޕްޓެންބަރު 2019 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޕޮލިސް ޓޯވްޔާޑް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

 

  1.  ޕޮލިސް ޓޯވް ޔާރޑް ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިސަރވިސްގެ އިޢުލާން ނަމްބަރ171-I2(b)/IUL/2019/128  އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ 02 އީ-މެއިލް އެޑްރެހަށް މިމަސައްކަތަށް ޝައުޤުވެރިވެލައްވާކަން ފާހަގަކޮށް ބީލަންވެރިޔާގެ މައުލޫމާތު އަދި އިއުލާން ނަންބަރ ލިޔެ ފޮނުވާލުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބުމުންނެވެ.

   3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 30 ސެޕްޓެންބަރ 2019  ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

   4. ޕްރީބިޑް އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ވަގުތާއި ތާރީހުގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01  ގައެވެ.

   ތާރީޚް:  01 އޮކްޓޯބަރ 2019

   ގަޑި:   13:00 

   5. ބީލަން ހުޅުވުން އޮންނާނީ 08 އޮކްޓޯބަރ 2019 ދުވަހުގެ 13:00 ގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

   6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައިި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. 

   7. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު ބީލަމުގައި ރަޖިސްޓްރީވުމަށް އެދި މެއިލް ފޮނުވުމުން ރަޖިސްޓްރީ ކުރުމަށްފަހު މެއިލް  ކުރެވޭނެ އެވެ.

   8. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާލެއް ވާނަމަ 01 އޮކްޓޯބަރ 2019 ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ.

   9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

   ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް

   މޯލްޑިވްސް ޕޮލިސް ސަރވިސް

   އަމީނީމަގު ، މާލެ، ދިވެހިރާއްޖެ

  ފޯން:9790052

އީ-މެއިލް: [email protected]

ކޮޕީ: [email protected]

26 ސެޕްޓެންބަރ 2019

26 ސެޕްޓެންބަރު 2019