ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)457-AIT/1/2019/33
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1557
ސުންގަޑި: 30 އޭޕްރިލް 2020 2359
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނިއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/20

އިޢުލާން

 

ގޭބިސީގެ އާމްދަނިއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/20

 

 މިބިއުރޯގެ ފަރާތުން 2019 ގައި ކުރުމަށް ހަމަޖެހިފައިވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، މާލެއާއި އަތޮޅުތަކުގައި ސެޕްޓެމްބަރ މަހުން ފެށިގެން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިސަރވޭއަކީ ކޮންމެ ފަސް އަހަރަކުން މިބިއުރޯގެ ފަރާތުން ކުރަމުން އަންނަ ސަރވޭ އެކެވެ. މިގޮތުން އެކި އެކި ބުރުތަކަކަށް ބަހާލެވިގެން މިފަހަރުގެ ސަރވޭވެސް 20/2019 ވަނަ އަހަރު ތެރޭގައި މާލެ އާއި އަތޮޅުތަކުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން މާލޭގެ ފުރަތަމަ ބުރު، މިސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު، ހޮވާލެވިފައިވާ ސަރަހައްދުތަކުގައި ތަންތަނުގެ ލިސްޓް ނެގުމުގެ މަސައްކަތް މިބިއުރޯގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެތެރެއިން ގުރުއަތުން ހޮވާލެވޭ ގޭބިސީތަކެއްގައި މި ސަރވޭގެ އިތުރު ސުވާލުކަރުދާސްތައް ފުރުމުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދެވޭނެއެވެ. މީގެއިތުރުން އަތޮޅުތަކުގައި ވެސް މިސަރވޭގެ މަސައްކަތް އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ވާހަކަވެސް ދަންނަވަމެވެ.  މިއަހަރު ސަރވޭގެ މަޢުލޫމާތުއެއްކުރުމުގެ މަސައްކަތް ކުރެވޭނީ ސެޕްޓެމްބަރ، އޮކްޓޯބަރ އަދި ނޮވެމްބަރ މަހުގައެވެ. މާލޭގައި މިސަރވޭ ކުރުމަށް ރޭވިފައިވަނީ ހޮވާލެވޭ ޖުމްލަ 1080 ގޭބިސީއަކަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއެއްގައި މިސަރވޭ ކުރެވޭނެއެވެ.

މިބިޔުރޯއިން ތަމްރީންކުރެވިފައިވާ ޓީމެއް ގޭބިސީތަކަށް ކުރިން ދެންނެވިފައިވާ މުއްދަތުގައި ޒިޔާރަތްކުރާނެއެވެ. މިމައުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިކެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދެވިފައިވާނެއެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދު 9:00 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެއެވެ.

މިސަރވޭއަކީ ގަވާއިދު ނަންބަރ: 2013/R-4 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

 

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރ 3008457/3008455 އަށް ގުޅުއްވުން އެދެމެވެ.  

2019-09-26