Training
Number: (IUL)30-A4/30/2019/216
Published Date: 26 September 2019
Published Time: 0832
Deadline: 24 October 2019 1300
Ministry of Fisheries, Marine Resources and Agriculture
Maldives
ސްކޮލަރޝިޕް ފުރުޞަތު

 

 

 

 

ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފުލް ފަންޑިންގ ހަމަޖެހިފައިވާ ބެޗެލަރސް ޑިގްރީގެ ކޯހަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯސްތަކާބެހޭ އިތުރު މަޢުލޫމާތާއި، ކޯހަށް އެދެންވީގޮތް އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ތިރީގައި އެވަނީއެވެ.

އިޢުލާން ނަންބަރު    IUL)30-A4/30/2019/216 ) 

ތާރީހް: 25 ސެޕްޓެމްބަރ 2019

ޢަދަދު

ޤައުމު

ކޯހުގެ ދާއިރާ/  ކޯހުގެ ފެންވަރު

ޖެނެރަލް އެގްރިކަލްޗަރ (2 ފުރުޞަތު)

އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް

ú         ޖެނެރަލް އެގްރިކަލްޗަރ (ބެޗްލާރސް ޑިގްރީ)

މުއްދަތު: 03 އަހަރު

 1. ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.ސީ/ އެސް.އެސް.ސީ އިމްތިޙާނުގެ 05 މައްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލް ކުރައްވައިފައިވުން. (މިމާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާ އާ ގުޅޭ މާއްދާތައް ހިމެނެންވާނެއެވެ) ނުވަތަ ކޯހުގެ ދާއިރާއަކުން އެޑްވާންސްޑް ސަރޓިފިކެޓް ޙާޞިލް ކޮށްފައިވުމާއެކު އެގްރިކަލްޗަރ ނުވަތަ ވެޓަރިނަރީ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި:
 2. ޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާޞިލްކުރައްވައިފައިވުން. (މިމާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާ އާ ގުޅޭ މާއްދާތައް ހިމެނެންވާނެއެވެ) ނުވަތަ އެއް މާއްދާއިން ފާސްވެފައިވުމާއެކު އެގްރިކަލްޗަރ/ ވެޓަރިނަރީ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 3. ފުރަތަމަ ޝަރުތުގައި ބުނާ މައްދާތަކުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ޙާސިލްކޮށްފައިވުން. އަދި އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

ú         CAE/CPE އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް

ú         IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ú         TOEFL އިން 550 އިން ފެށިގެން މަތި

ú         ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް

 •  ޔުނިވަރސިޓީ ޕްލޭސްމަންޓާއެކު (އަންކޮންޑިޝަނަލް އޮފަރ) ހުށަހަޅާފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކޯހުގެ ޝަރުތު:

 

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339241 އަށް ގުޅުއްވުން އެދެމެވެ.

ނޯޓް: ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ޕްރޮސެސް އެއްގެ ތެރެއިންނެވެ. އަދި އިންޓަވިއުއަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ކޯސް އެވޯޑުކުރެވޭ ފަރާތް މިމިނިސްޓްރީއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

 • ސްކޮޕަރޝިޕް އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިމިނިސްޓްރީގެ ވެބް ސައިޓުން www.fishagri.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
 • ތަޢުލީމީ ސެޓުފިކަޓުތަކުގެ ކޮޕީ (ފުލް ޓްރާސްކްރިޕްގެ ކޮޕީއާއެކު) އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ
 • ސްކޫލު ލީވިންގ ސެޓްފިކެޓް (ގްރޭޑް 10 އަދި 12ގެ)
 • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުންތައް
 • ޔުނިވަރސިޓީ ޕްލޭސްމަންޓް ލިބިފައިވާނަމަ ޔުނިވަރސިޓީ ޕްލޭސްމަންޓް
 • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފަރާތުގެ ކޮޕީ
 • ސީވީ
 • އެއްވެސް އިދާރާއަކަށް ޚިދުމަތްކުރުމަށް ބޮންޑެއް އޮތް ފަރާތެއް ނަމަ ބޮންޑުކުރި ތަނަކުން އެބޭފުޅަކު ކުރިމަތިލާފައިވާ ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 24 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 13.00 ގެ ކުރިން މި މިނިސްޓްރީގެ މައި އިދާރާ ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ

       
25 September 2019