ކުއްޔަށް ދިނުން
ނަންބަރު: (IUL)297/INDIV/2019/52
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި: 09 އޮކްޓޫބަރު 2019 10:30
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ އިރުމަތިފަރާތުގައި ފެރީޓާމިނަލާއެކު ރެސްޓޯރެންޓެއް އިމާރާތްކޮށް އާންމުންނަށް އެޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބިމެއް ކުއްޔަށް ދޫކުރުން

ނަންބަރު:IUL)297/INDIV/2019/52)

 

 

އިޢުލާން

ނ.ވެލިދޫ އިރުމަތިފަރާތުގައި ފެރީޓާމިނަލާއެކު ރެސްޓޯރެންޓެއް އިމާރާތްކޮށް އާންމުންނަށް އެޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބިމެއް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިބިން ބިޑް އުސޫލުން ކުއްޔަށް ހިފުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު 09 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 10:30 އަށް އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ކުންފުންޏެއްގެ ފަރާތުންނަމަ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަވަންވާނެއެވެ. ބިން ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ.

 

ކުއްޔަށް ދޫކުރާ ބިމާބެހޭ މަޢުލޫމާތު

  • ބިމުގެ ބޮޑުމިން: 2000 އަކަފޫޓު ('40 x '50)
  • މުއްދަތު: 20 އަހަރު
  • ކުލި: ފެށޭއަގު މަހަކު އަކަފޫޓަކަށް -/80 އަށްޑިހަލާރިން ފެށިގެން އެދޭ ކުއްޔަކަށް
  • ކުލި ނުހިނގާ މުއްދަތު: 19 މަސް

 

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ހުށަހަޅާ އެންމެ ބޮޑު އަގަށެވެ.

60%

އަގު

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  • ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޚިދުމަތް ފޯރުކޮށްދިނުމަށް ކައުންސިލުން ޝަރުތުކޮށްފައިވާ މުއްދަތަށްވުރެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

15%

މުއްދަތު

(Benchmark Design / Submitted Design) x Allocated Percentage

  • މި ބައިގަމާކްސްދެވޭނީ މާހައުލާ ގުޅޭގޮތަށް އެންމެފުރިހަމައަށް ހަދާފައިވާ ޑިޒައިނަކަށެވެ.

25%

ޑިޒައިން

 

24 މުހައްރަމް 1441

23 ސެޕްޓެމްބަރ 2019

 

 

                                                           

23 ސެޕްޓެންބަރު 2019