ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)473/473/2019/26
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 02 އޮކްޓޫބަރު 2019 13:30
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
އިވެންޓްސް ޑައިރެކްޓަރ (ވަގުތީ)

މަޤާމް:

އިވެންޓްސް ޑައިރެކްޓަރ (ވަގުތީ)

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް / މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ، މާލެ

މުސާރަ:

-/83 ރުފިޔާ (މަސައްކަތް ކުރާ ގަޑި އިރަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގާ ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް ގެ މެންޑޭޓްގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށްޓަކައި، އެން.ސީ.އޭ އިން އެކަނި ކުރިއަށްގެންދާ، ނުވަތަ އެން.ސީ.އޭ އާއި ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ އެކިއެކި އިވެންޓްތަކުގެ ކޮންސެޕްޓް ތައްޔާރުކޮށް، ހަމަޖެހިފައި އޮންނަ އުޞޫލުން، އެ ސެންޓަރުގެ އެނުއަލް ވަރކްޕްލޭންގައި ހިމެނުން.
  2. ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ އެނުއަލް ވަރކްޕްލޭންގައި ހިމެނޭ، އެން.ސީ.އޭ އިން ހިންގަންޖެހޭ، ނުވަތަ އެން.ސީ.އޭ އިން އިސްނަގައިގެން ކުރިއަށް ގެންދަންޖެހޭ އިވެންޓްތައް ރާވާ ހިންގުން.
  3. އެން.ސީ.އޭ އާ ގުޅިގެން ކުރިއަށްގެންދިޔުމަށް އެކިއެކި ފަރާތްތަކުން ހުށަހަޅާ އިވެންޓްތައް، ހަމަޖެހިފައި އޮންނަ އުޞޫލުން، އެން.ސީ.އޭ ގެ ފަރާތުން ކުރިއަށް ގެންދާނެ ގޮތްތައް ރާވާ އެ ކަންކަން ހިންގުން.
  4. އޮލިމްޕަސް ތިއޭޓަރުގައި ހިންގާ ޕްރޮގްރާމްތައް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން އެ ކަންކަން ބެލެހެއްޓުން.
  5. އެން.ސީ.އޭ ގެ މިޔުޒިކް ބޭންޑް ތަކުގެ ފަރިތަކުރުމާއި ހުށަހެޅުންތައް ރާވާ ހިންގާނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން އެ ކަންކަން ރާވާ ހިންގުން.

މަޤާމުގެ ޝަރުޠުތައް:

 

1 އިވެންޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ އާއެކު ޢަމަލީ މައިދާނުގައި ފަންނުވެރިންގެ އިވެންޓް ތަކުގެ އިވެންޓް ޑައިރެކްޝަން ނުވަތަ އިވެންޓް މެނޭޖްމަންޓްގެ މަސައްކަތުގައި މަދުވެގެން 5 އަހުރުގެ ތަޖުރިބާ، ނުވަތަ ފަންނުވެރިންގެ އިވެންޓްތައް، ނުވަތަ ފަންނުވެރިކަމާ ގުޅުންހުރި އިވެންޓްތައް އިންތިޒާމުކޮށް ރާވާ ހިންގުމުގައި ނުވަތަ އެ ކަންކަމުގައި ޢަމަލީ ގޮތުން މަސައްކަތްކުރުމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

2 އިވެންޓް ތަކުގެ ލޮޖިސްޓިކްސް ބެލެހެއްޓުން އަދި ސްޕޮންސަރުން ހޯދުމާއި ބަޖެޓް އެކުލަވާލައި ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.

3  އިވެންޓްތަކުގެ މަސައްކަތް ކުރުމުގައި ސަރުކާރުގައި މަސައްކަތް ކޮށްފައި ހުރުމަށް އިސްކަން ދެވޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 02 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޯބަރ 07 އާއި 2019 އޮކްޓޯބަރ 31 އާ ދެމެދު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނުވަތަ 3323209 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

24 ސެޕްޓެންބަރު 2019