ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2019/129
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 03 އޮކްޓޫބަރު 2019 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަން އޮފިސަރ މަޤާމަށް މީހަކު ހޯދުން

އިޢުލާން

މަގާމް

ޕަބްލިކް ރިލޭޝަން އޮފިސަރ

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މުއްދަތު: 02 (ދޭއް) އަހަރު

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ލެވެލް:

އޮފިސަރ ގްރޭޑް 2

ސެކްޝަން/ޔުނިޓު:

އިސްލާމިކް ސްޓޫޑިއޯ

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ

މުސާރަ މަހަކު

މަހަކު -/7000ރ (ހަތްހާސް ރުފިޔާ)

  1. އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/200ރ (ދުއިސައްތަ ރުފިޔާ)
  2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަގާމުގެ ޝަރުތު

1. މަޤާމާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ

2. މަޤާމާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. މަޤާމާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ޙަފުލާތަކާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން.
  2. މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ހަރަކާތްތަކުގެ މަޢުލޫމާތު އާންމުންނަށް ދިނުމުގެގޮތުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގައި ބެލެހެއްޓުން.
  3. މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދާއިރާއިން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ހިންގުން.
  4. ޚަބަރުފަތުރާ ވަސީލަތްތަކުން މިމިނިސްޓްރީގެ ދާއިރާއާއި ގުޅޭ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން.
  5. މިނިސްޓްރީއާއި ދާއިރާއާ ބެހޭގޮތުން ޚަބަރުފަތުރާ ފަރާތްތަކުން ފަތުރާ މަޢުލޫމާތާއި ޚަބަރު މޮނިޓަރކޮށް، އޭގެ ރިކޯޑުތައް ބެލެހެއްޓުމާއި، އެފަދަ ޚަބަރުތަކާ ގުޅިގެން މިނިސްޓްރީއާއި ދާއިރާއިން ޖަވާބުދީ ކަމެއް އޮޅުންފިލުވައިދޭން ޖެހިއްޖެ ހާލަތެއްގައި އެކަމަކަށް މަގުފަހިކޮށްދީ، މިނިސްޓަރުގެ ލަފާގެ މަތިން މަޢުލޫމާތު ދޭނެގޮތެއް ކަނޑައަޅައި ހަމަޖެއްސުން.
  6. މިނިސްޓްރީން ރާވައި ހިންގާ އިވެންޓުތަކުގެ މަޢުލޫމާތު އިސްވެ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ އިވެންޓުތަކަށް ބޭނުންވާ މީޑިއާ ކަވަރޭޖުގެ ކަންކަން ރާވައި އިންތިޒާމުކުރުމާއި، ވެބްސައިޓާއި މިނިސްޓްރީން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި އެފަދަ ކަންކަން ދުރާލައި ހިމެނުން.
  7. އާންމުންނަށް އެނގެންޖެހޭ މަޢުލޫމާތު ހާމަކުރުން. މިގޮތުން، މިނިސްޓްރީގެ ވެބްސައިޓުގައި މިފަދަ ހުރިހާ މަޢުލޫމާތެއް އަޕްޑޭޓުކޮށް ހުރިކަން ޔަގީންކުރުން.
  8. މީޑިއާގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
  9. މީޑިއާއިން ހުށަހަޅާ ސުވާލުތަކާއި އެޕޮއިންޓްމަންޓްތަކަށް އެޓެންޑުކުރުން.
  10. މީޑިއާތަކުން މިނިސްޓްރީއާ ގުޅޭގޮތުން ގެނެސްދޭ ޚަބަރުތައް ދިރާސާކޮށް، ކަމާގުޅޭ މަޢުލޫމާތު، ވެރިންނާ ހިއްސާކުރުން.
  11. ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ޑިސެންބަރުމަހުގެ 15 ވަނަ ދުވަހުގެ ކުރިން، އަހަރު ތެރޭގައި ކުރެވުނު މަސައްކަތާބެހޭ ރިޕޯޓު ތައްޔާރުކުރުން.
  12. މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  13. މިނިސްޓްރީގެ މަސައްކަތްތަކާއި އެނޫންވެސް ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މީޑިއާތަކާއި، އެނޫންވެސް ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުވައިދިނުން.
  14.  މީޑިއާގެ ކަންކަން ރަނގަޅުކުރުމަށް ކުރިއަށް އޮތް އަހަރަށް ބަޖެޓް ތައްޔާރުކުރުން.
  15. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން އަންގާ ކަންކަން ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރަންޖެހިއްޖެނަމަ، ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 03 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2019 އޮކްޓޯބަރ 08 އާ 24 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަދި ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ.

24 ސެޕްޓެންބަރު 2019