ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-E/22/2019/198
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:51
ސުންގަޑި: 23 ސެޕްޓެންބަރު 2019 00:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައި ދިނުމަށާ ފަންނީ އެކިއެކި ބޭނުންތަކަށް ކޮންމެ އަހަރަކުވެސް އަންނަނީ ބިދޭސީ މުވައްޒަފުން ރެކްރޫޓު ކުރެވެމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބޭނުންވާ ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް، ސްކޫލްތަކަށް ބޭނުންވާ ޢަދަދަށް ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމުގައި، ދެފުށް ފެންނަ ނިޒާމެއްގެތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ވަނީ، "ފަންނީ ބިދޭސީ މުވައްޒަފުން  ރެކްރޫޓްކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ނަމުގައި އުސޫލެއް އެކަށައަޅާފައެވެ.

ވީމާ. ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލަށް އިސްލާޙުތަކެއް ގެނައުމަށްފަހު އާންމުކޮށް އިޢުލާންކުރަމެވެ. އަދި 2019 ސެޕްޓެންބަރު 22 އިން ފެށިގެން ބިދޭސީ ފަންނީ މުވައްޒަފުން ރެކަރޫޓުކުރުމުގައި މި މިނިސްޓްރީން ޢަމަލުކުރަމުން ދާނީ މި އިޢުލާނާއެކު އާންމުކުރާ އުސޫލަށް ކަމުގައި ދަންނަވަމެވެ. މި އުސޫލު މި މިނިސްޓްރީގެ ވެބްސައިޓު www.moe.gov.mv އިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

23 ސެޕްޓެންބަރު 2019