ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475-Admin/475/2019/136
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 30 ސެޕްޓެންބަރު 2019 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

 

މަޤާމް:                 އެސިސްޓެންޓް ޑިރެކްޓަރ

މާޤާމުގެ ނަންބަރު:          J-304690

ބޭނުންވާ އަދަދު:           1 (އެކެއް)

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           އެމް.އެސް. 3

މާޤާމުގެ ކްލެސިފިކޭޝަން:     އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން :             ސްކޮލަރޝިޕް ސެކްޝަން / މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން

ވަޒީފާއޮތް އޮފީސް:          މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:    ވެލާނާގެ 2 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މަޤާމުގެ މުސާރަ:           7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:       2,000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް2:   900.00 ރުފިޔާ

އިތުރު އިނާޔަތްތައް:         1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                     2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                     3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                    

 މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޮލަރޝިޕް ސެކްޝަންގެ މުވައްޒަފުންނަށް ލަފައާއި އިރުޝާދުދީގެން ބަލަހައްޓާ ތިރީގައި މިވާ ސްކީމްތަކުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ސުންގަޑި ހަމަވުމުގެ ކުރިން އެވޯޑްކޮށް ފުރުސަތު ނުގެއްލޭނެ ގޮތުގެ މަތިން ސެކްޝަންގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަ ގޮތެއްގައި ހަވާލުކޮށް އެންމެހާ މަސައްކަތްތައް ސުޕަރވައިޒްކޮށް ހިންގުން:

 ހ. ބައިލެޓަރަލް އެހީގެ ދަށުން ރާއްޖެއަށް ލިބޭ އެކި އެކި ސްކޮލަރޝިޕްތައް

 ށ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕްތައް

 ނ. ސަރުކާރު އޮފީސްތަކުގެ ސްޓާފް ޑިވެލޮޕްމަންޓްގެ ގޮތުގައި ދެވޭ ސްކޮލަރޝިޕް ނުވަތަ ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތައް

 ރ. ޒަކާތު ފަންޑުގެ ރާއްޖެ/ ރާއްޖޭން ބޭރު ސްކޮލަރޝިޕްތައް.

 ބ. އެކްސެސް ގްރާންޓް ސްކޮލަރޝިޕްތައް

 ޅ. ރާއްޖެއިން ބޭރުންލިބޭ ވޯރކްޝޮޕް، ޓްރެއިނިންގ ޕްރޮގްރާމް، ސެމިނަރ އަދި ކުރު މުއްދަތުގެ ކޯސްތައް ބެލެހެއްޓުމާއި އޮފީސްތަކަށް އެލޮކޭޓް ކުރުމާއި އަދި ކުރުމުއްދަތުގެ ކޯސްތަކަށް ކޮމިޓީގެ ލަފާގެ މަތިން ހުއްދަދިނުން.

2. ސްކޮލަރޝިޕް ސެކްޝަންގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތަކުގައިވާ މަސައްކަތް ވިލަރެސްކޮށް ފުރިހަމައަށް ހިނގަމުންދާކަމާއި ރަސްމީ ގަޑީގައި ހުރިހާ ވަގުތެއް އެންމެ ފުރިހަމައަށް ބޭނުންކުރެވެމުންދާކަން ކަށަވަރުކުރުން. އަދި ބްރޭކް ގަޑީގައި އާންމުންނަށް ދެވޭ ޚިދުމަތް މެދުނުކެނޑޭނެ ގޮތުގެ މަތިން ފޯނު ނެގުމާއި ސެކްޝަންގެ މަސައްކަތަށް ޖަވާބުދާރީވާނެ މުވައްޒަފުންގެ ތާވަލެއް ރާވައި މުވައްޒަފަކު ސެކްޝަންގައި ހުންނާނެކަން ކަށަވަރުކުރުން. އަދި އެޕްރައިޒަލް ހެދުމަށް ބޭނުންވާ މިންވަރަށް މަސައްކަތް ޕާސަނަލް ރެކޯޑް ބަހައްޓައި އިސްވެރިންނާ ހަމައަށް ފޯރުކޮށްދިނުން. މީގެ އިތުރުން ސްކޮލަރޝިޕް ސެކްޝަންގެ މުވައްޒަފުންނަށް ބޭނުންވާނެ ޓްރެއިނިންގ ފާހަގަކޮށް އިސްވެރިޔާއަށް މަޢުލޫމާތު ދިނުން.

3. ރައީސުލް ޖުމްހޫރިއްޔާގެ އެވޯރޑް، ބޭރުގެ އެހީ، އެކްސަސް ގްރާންޓް ސްކީމް، ޒަކާތު ފަންޑް، ސްޓާފް ޑިވެލޮޕްމަންޓްގެ ދަށުން ސްކޮލަރޝިޕް ކިޔަވަމުންދާ ކުދިންނަށް ދޭންޖެހޭ ފައިސާގެ ކަންތައް ދިނުމުގެ މަސައްކަތް ބަލަހައްޓައި އަދި ޕޭމަންޓް ވައުޗަރ އޮތޮރައިޒްކޮށް ލަސްނުވެ ފައިސާ ލިބޭނޭގޮތުގެ މަތިން މަސައްކަތް ރާވައި ހިންގުން.

4. ޔުނިވަރސިޓީތަކަށް ދައްޖަންޖެހޭ އިންވޮއިސްތަކަށް ފައިސާ ދައްކަންޖެހޭ ވަގުތަށް ފައިސާ ދެއްކުމުގެ މަސައްކަތް ބެލެހެއްޓުން

5. ސްކޮލަރޝިޕް ސެކްޝަނުން ކުރެވޭ ހުރިހާ އިޢުލާންތަކާއި ވެބްސައިޓަށް އަޕްލޯޑް ކުރެވޭ ހުރިހާ ތަކެތި ބަލައި ޗެކްކޮށް ކުށެއް ނެތްކަން ކަށަވަރުކުރުން.

މާޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

3. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-  ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-  ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-  ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

  (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-  ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-  މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

  (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން އަދި އިމްތިޙާނެއް ދީގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 2019 އޮކްޓޫބަރު 1 - 19އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ވެލާނާގެ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

 

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓުލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  45%

 

އިތުރުމަޢުލޫމާތު:

 މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3341303،3341307 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

23 މުޙައްރަމް 1441

22 ސެޕްޓެންބަރު 2019

 

22 ސެޕްޓެންބަރު 2019