ޢާންމު މަޢުލޫމާތު
ނަންބަރު: VAM/IL/2019/7019
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 2256
ސުންގަޑި: 24 ސެޕްޓެންބަރު 2019 0000
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
VAM Club Registration eligibility 2019 Iulaan

      ނަމްބަރ: VAM/IL/2019/7019                                                                                       

                                 

އިޢުލާން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާފައިވާ ގައުމީ ފެންވަރުގެ މުބާރާތަތަކުގެ ތެރެއިން ފާއިތުވި 4 އަހަރުގެ ތެރެއިން 3 އަހަރު އެމުބާރާތްތަކުގައި ވާދަކޮށްފައިވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީއަށް ކަށަވަރު ކުރެވިފައިވާ ކުލަބްތައް ތިރީގައި އެވަނީއެވެ.

1-      ދިވެހި ސިފައިންގެ ކުލަބް

2-      ޕޮލިސް ކުލަބް

3-      ގުޑީސް ސްޕޯޓްސް ކްލަބް

4-      ސްޕޯޓްސް ކްލަބް ސިޓީ

5-      ޔޫތު ނިއު ޖެނެރޭޝަން

6-      މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް

7-      ސްޕޯޓްސް ކްލަބް ހޯކްސް

8-      ކްލަބް ހާފް ލައިން ލިންކޭޖް

 

ވީމާ، ފާއިތުވި 4 އަހަރުގެ ތެރެއިން 3 އަހަރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާފައިވާ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައިވާކަމަށް ނޯމަލައިޒޭޝަން ކޮމިޓީއަށް ކަށަވަރުކުރެވިފައިވާ މަތީގައިވާ ލިސްޓުގައި، ފާއިތުވި 4 އަހަރުގެ ތެރެއިން 3 އަހަރު އެމުބާރާތްތަކުގައި ވާދަކޮށްފައިވާ އެއްވެސް ކުލަބެއް ހިމެނިފައި ނުވާ ނަމަ އެކުލަބަކުން، 24 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މިދެންނެވި ޝަރުތުތައް ހަމަވާކަން ސާބިތުކުރެވޭފަދަ ލިޔެކިޔުންތަކާއެކު، ލިޔުމަކުން އެކަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިސްގެ އޮފީހަށް، ހުށައެޅުއްވުން އެދެމެވެ.

ލިޔުން ހުށައަޅުއްވާނީ، ކުލަބްގެ ރަސްމީ ލެޓަރހެޑްގައި، ރައީސް، ނުވަތަ ނައިބް ރައީސް، ނުވަތަ ޖެނެރަލް ސެކްރެޓަރީގެ ސޮއިއާއިއެކު، ކުލަބުގެ ތައްގަނޑު ޖެހިފައިވާ ލިޔުމަކުންނެވެ.

19 މުޙައްރަމް 1441

19 ސެޕްޓެންބަރު 2019

   

2019-09-19