ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2019/75
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 21:06
ސުންގަޑި: 25 ސެޕްޓެންބަރު 2019 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

މަޤާމް:               ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:         J-290759

ބޭނުންވާ އަދަދު:           1 ( އެކެއް )

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:      ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:     މާލެއަތޮޅު ހިންމަފުށި ކައުންސިލްގެ އިދާރާ

ސެކްޝަން / ޔުނިޓް:        ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ:                މަހަކު 6295.00 ރުފިޔާ

ސަރވިސް އެލަވެންސް:       މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވެންސް:       ސަޕޯޓިންގް ކޯ އެލެވަންސް އެއްގެގޮތުގައި މަހަކު 900.00 ރުފިޔާ     

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި، ވާޖިބުތައް:

1- ކައުންސިލްގެ އިދާރާއަށް ލިބޭ އެންމެހާ ފައިސާ ބަލައިގަތުން.

2- ކައުންސިލް އިދާރާއަށް ލިބޭ އެންމެހާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓް ފޮނުވުން.

3- ކައުންސިލް އިދާރާގެ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓް ބެލެހެއްޓުން.

4- ޕޭމަންޓް ވައުޗަރ ހެދުމާއި، އެކަމާއި ބެހޭ ރެކޯޑްސް ބެލެހެއްޓުން.

5- ރައްޔިތުންގެ މާލިއްޔަތުގެ ހިސާބުތައް ބެލެހެއްޓުން.

6- ކޮންމެ އަހަރެއްގެ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލުން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތް ކުރުން.

7- ކޮންމެ އަހަރަކު ފެބްރުއަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭ މާލީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

8- ކައުންސިލް އިދާރާއަށް އަންގަންވާ ތަކެތި ގަތުމުގައި ބަޖެޓް ސެކްޝުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

9- ކައުންސިލްގެ ޚަރަދުތަކާއި، ލިބޭ އާމްދަނީގެ އަހަރީ ރިޕޯޓް އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.

10- ކައުންސިލަށް ލިބޭ ފައިސާ ޤަވާއިދުން ތިޖޫރީއަށް ނުވަތަ އެކައުންޓަށް ޖަމާކުރުން.

11- ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ސެކްޝަނަށްލިބޭ ސިޓީ މެސެޖު ފަދައެއްޗަކަށްޖަވާބުދިނުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން.

12- މީގެ އިތުރުންވެސް ކައުންސިލުން ކަނޑައަޅާ އިދާރާގެ މަސައްކަތްތަކާއި، ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން

މަޤާމް ޝަރުތުތައް :

  1.   މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

2.     މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮންގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް :

1 – ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެދޭފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ،

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމެއް ކޮޕީ.

   (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

   1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

   3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ނ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ރ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން.

 ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

     (ހ) ތަޢުލީމާއި ތަމްރީން

     (ށ) މަސައްކަތުގެ ތަޖުރިބާ

     (ނ) މުއައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު

     (ރ) އަދި، އިންޓަރވިއު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެމްބަރު 2019 ގެ 14:00 ގެ ކުރިން، ހިންމަފުށި ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު :

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 29 ސެޕްޓެމްބަރު 2019 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި، ހިންމަފުށި ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން :

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރުގެ ރަސްމީގަޑީގައި ގުޅުއްވާނީ (6642024) ނަންބަރު ފޯނާއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

19 ސެޕްޓެންބަރު 2019