ކުއްޔަށް ދިނުން
ނަންބަރު: (IUL)341-PL/341/2019/48
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1407
ސުންގަޑި: 10 އޮކްޓޫބަރު 2019 1130
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުކުޅަހު ކޮންވެންޝަން ސެންޓަރ ކެފެޓީރިއާ ކުއްޔަށް ދޫކުރުމާއި ގުޅޭ

އުކުޅަހު ކޮންވެންޝަން ސެންޓަރގައި ޤާއިމްކޮށްފައިވާ ކެފެޓީރިއާ އައުޓްޑޯ 1700 އަކަފޫޓް ބިމާއި ކެފޭގެ ގޮނޑިމޭޒާއިއެކު 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބިޑް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކެފޭ ކުއްޔަށް ހިފާ ހިންގަން ޝައިގުވެރިވާ ފަރާތްތަކުން 2019 އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހުގެ 11:30އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮކްޓޯބަރ 21 ވާ ހޯމަ ދުވަހުގެ 11:30އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށައެޅުއްވުން އެދެމެވެ.

މަތީގައި ދަންނަވާފައިވާ ގަޑީގައި މައުލޫމާތު ސާފުކުރަން ވަޑައި ނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށައަޅަން ޙާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރ 6660536 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

2019-09-19