ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)235-ADS/235/2019/23
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 30 ސެޕްޓެންބަރު 2019 00:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓް އޮފިސަރަކު ހޯދުން

            ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަގާމް:

އެސިސްޓެންޓް އެކައުންޓް އޮފިސަރ  (މަޤާމުގެ ނަންބަރު: J-306735)

ބޭނުންވާ އަދަދު:             

01  (އެކެއް)

މަޤާމުގެ ގިންތި:

 ވަގުތީ  ( މަޤާމުގެ މުއްދަތު ހަމަވާތާރީޚް: 31 މާރޗް 2021)

ރޭންކް:

ޖީއެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:  

ބަޖެޓް އެންޑް ފައިނޭންސް ޔުނިޓް/  ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ ވ. ފެލިދޫ  

މުސާރަ:                  

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

ކޯއެލަވަންސް:

-

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގައި ހުންނަ ބާމުދާ ދެނެގަނެ އޭގެތެރެއިން ނީލަންކިޔާންޖެހޭމުދާ ކައުންސިލުގެ ހުއްދަހޯދައިގެން ވީއެންމެ އަވަހަކަށް ނީލަންކިޔުމާއިބެހޭ މަސައްކަތްކުރުން
  2. ކައުންސިލްގައި ހުންނަ ބާމުދާ ދެނެގަނެ އޭގެތެރެއިން ނައްތާލަންޖެހޭމުދާ ކައުންސިލްގެ ހުއްދަ ހޯދައިގެން ވީއެންމެ އަވަހަކަށް ނައްތާލުމުގެ މަސައްކަތްކުރުން
  3. އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނާއި، ތަކެއްޗާއި، އުޅަނދުފަހަރުގެ އިންވެންޓްރީ ބެލެހެއްޓުން (ހަރުމުދަލުގެ)
  4. އަތޮޅު ކައުންސިލް އިދާރާއަށް ބޭނުންވާ ތަކެތީގެ ތެރެއިން ޤަޥާޢިދުން ރަޖިސްޓްރީކުރަންޖެހޭތަކެތި ރަޖިސްޓްރީކުރުމާއި އަހަރީ ފީއާއި ލައިސަންސް ފީ ދެއްކުން.
  5. އަތޮޅު ކައުންސިލްގެ ނަމުގައި ބޭންކް އޮފް މޯލްޑޮވްސްގައި ހުޅުވާފައިވާ އެކައުންޓްގެ ބެލެންސް ބެލެހެއްޓުމާއި،
  6. އަތޮޅު ކައުންސިލް އިދާރާގައިހުންނަ ތިޖޫރީއާއި، ތިޖޫރީގައިހުންނަ ފައިސާގެ ބާކީ ބެލެހެއްޓުމާއި، ފައިސާއާގުޅޭ ލިޔެކިއުންތައް ފަރުވާތެރިކަމާއި، ރައްކާތެރިކޮށް ބެލެހެއްޓުން.
  7. ކައުންސިލް އިދާގައިހުންނަ އެކިއެކި ފައިސާގެ އައިޓަމުތައް މަހުން މަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
  8. ތިޖޫރީގައި ބެހެއްޓޭ ފައިސާގެ ހަފުތާރިޕޯޓް ތައްޔާރުކޮށް ކޮންމެ ހަފްތާއެއް ނިމުމުން ސެކްޝަނުގެ ވެރިޔާލައްވާ ސޮއިކުރުވާ ބެލެހެއްޓުން.
  9. މުވައްޒަފުންގެ މުސާރައާއި، މި ނޫންވެސް ސެކްޝަނުން އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ އެންމެހާ ފައިސާ އެފަރާތްތަކަށް ޙަވާލްކުރުން.
  10. ފިޠުރުޒަކާތާއި މުދަލުޒަކާތާއިގުޅިގެން އަތޮޅުކައުންސިލުން ކުރަންޖެހޭ މަސައްކަތްކުރުން.
  11. ކައުންސިލްގެ މާލީ ބަޔާނަށް ބޭނުންވާ ރިޕޯޓްތަކުގެ ތެރެއިން މުވައްޒަފު ހަދަންޖެހޭ ރިޕޯޓްތައް ކޮންމެ މަހެއްނިމުމުން ހެދުން
  12. މުވައްޒަފު ބަލަހައްޓާ ލިޔެކިޔުންތައް ފައިލްކުރުން.
  13. 13.    މީގެ އިތުރުންވެސް އިދާރާގެ ފަރާތުން ރަސްމީ މަސައްކަތާއިގުޅިގެން ވެރިން އަންގަވާ ކަންތައްތައްކުރުން

މަގާމުގެ ޝަރުޠު:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ނުވަނަ ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން، އަދި އިދާރާގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރ/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުން މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯތިޓީން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ:

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމުގެ ކޮޕީ:

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތު ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ:

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕ:

8. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑއަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި އިދާރާގެ ވެބްސައިޓު www.vaav.gov.mv   ގެ "ރިޕޯރޓް/ މައުލޫމާތު" ޞަފްޙާއިން  ލިބެން ހުންނާނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2019 ވާ  ހޯމަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއުއާއި، ޕްރެކްޓިކަލާއި،

އިމްތިޙާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 01 އޮކްޓޯބަރު 2019 އިން 10 އޮކްޓޯބަރު 2019 އާއި ދެމެދުގައި ފެލިދެއަތޮޅު ކައުންސިލް އިދާރާގައެވެ.  

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

       މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6700502 ފޯނު ނަންބަރާއެވެ. އީ މެއިލްކުރާނީ [email protected] އަށެވެ.

19  މުޙައްރަމް 1441

18 ސެޕްޓެމްބަރު 2019

18 ސެޕްޓެންބަރު 2019