މަސައްކަތް
ނަންބަރު: L5MC-C/2019/08
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 26 ސެޕްޓެންބަރު 2019 11:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ ދެފާޚާނާ މަރާމާތުކުރުމުގެ މަސައްކަތްކުރުން

އިޢުލާން

ކޯޓުގެ ދެފާޚާނާ މަރާމާތުކުރުމުގެ މަސައްކަތްކުރުން.

މިކޯޓުގެ 02 ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު:18/2014 ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ނުވަތަ ޤާނޫނު ނަންބަރު:19/2014 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ، އެފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ މަޤްޞަދުގެ ތެރޭގައި، ޢިމާރާތްކުރުމުގެ މަސައްކަތްކުރުން ހިމެނިފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

19  މުޙައްރަމް  1441

18 ސެޕްޓެންބަރު 2019

18 ސެޕްޓެންބަރު 2019