ކުއްޔަށް ދިނުން
ނަންބަރު: (IUL)22-EDF/22/2019/226
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 25 ސެޕްޓެންބަރު 2019 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުން

     ވިލިމާލެ އެދުރުވެހި ތިރީބައި ފިހާރަ (ހުޅަނގު އުތުރު ކަންމަތި) 468 އަކަފޫޓު ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-EDF/22/2019/213) ޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގަކަށްނުވާތީ، އެ އިޢުލާން ބާތިލްކޮށް، އަކަފޫޓަކަށް -/20 (ވިހި) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.     

     ވީމާ، މި ފިހާރަ ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" މި އިދާރާއިން ހޯއްދަވައި ފުރިހަމަ ކުރެއްވުމަށްފަހު، 2019 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް ދޫކުރުމާއި ނަންނޯޓްކުރުން އޮންނާނީ 2019 ސެޕްޓެންބަރު  18 އިން 2019 ސެޕްޓެންބަރު 24 އަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު، 9:00 އިން 13:30 އަށް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާގައެވެ. ފޯމް ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.    

     ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/30,000 (ތިރީސް ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2019