ދިވެހިރާއްޖެ
ޓެކްސް އެޕީލް ޓްރައިބިއުނަލް
މާލެ، ދިވެހިރާއްޖެ
| 
 ވަޒީފާގެ ފުރުޞަތު  | 
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓަރ  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
 އެޑްމިން އެންޑް ފައިނޭންސް  | 
| 
 މުސާރަ، ޢިނާޔަތްތަކާއެކު:  | 
 މަހަކު 17,850ރުފިޔާ އަދި ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސްއާއި އިތުރު ގަޑި.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
 - ޓްރައިބިއުނަލުގެ އިދާރީ ލިޔެކިޔުންތައް ބަލައިގަނެ، އިދާރީ ހިންގުމުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން. - ޓްރައިބިއުނަލުން ޢާންމުންނަށް ދޭންޖެހޭ ޚިދުމަތްތައް ހަރުދަނާކޮށް ހަލުވިކުރުން. - މުވައްޒަފުންގެ އެންމެހައި އިދާރީ ކަންތައްތައް ބެލެހެއްޓުން. - މުވައްޒަފުންގެ މެދުގައި މަސައްކަތްކުރުމުގެ ރޫޙު އުފައްދައި، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެފަދަ މާޙައުލެއް މެންބަރުން ކަނޑައަޅާ އުސޫލެއްގެ މަތިން އުފެއްދުން. - ޓްރައިބިއުނަލުން އިދާރީ ގޮތުން ނިންމާ ނިންމުންތައް މެންބަރުން ކަނޑައަޅާ އުސޫލަކުން ހާމަކޮށްދިނުން. - ޓްރައިބިއުނަލްގެ ބަޖެޓް ތައްޔާރުކުރުމާއި، ފައިސާއާބެހޭ އެންމެހައި އިންތިޒާމުތައް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކުރުމާއި، މުވައްޒަފުންގެ މުސާރަ ދީ ބެލެހެއްޓުން.  | 
| 
 ޝަރުތު: - ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު އެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުން، ނުވަތަ - ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ހިންގުމުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ސަރުކާރުގައި ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ހިނގުމުގެ ދާއިރާގެ މި ފެންވަރުގެ މަޤާމެއްގައި ހުރުން.  | 
|
| 
 
 ހުށަހަޅުއްވަންޖެހޭ ތަކެތި: 
 
 
 
 
 
 ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 26 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއު ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމް މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.  | 
|
16 މުޙައްރަމް 1441
15 ސެޕްޓެމްބަރު 2019