ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)428/1/2019/20
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 26 ސެޕްޓެންބަރު 2019 14:00
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއޮތޯރިޓީގެ ތިރީގައި މިދަންނަވާ މަގާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

   

   މަޤާމް:                       މަސައްކަތު

   މަޤާމް ނަންބަރ:                J 294847

   ބޭނުންވާ އަދަދު:                01

   މަޤާމުގެ ގިންތި:                ދާއިމީ

   މަޤާމުގެ ރޭންކް:                އެސް.އެސް 1

   މަޤާމުގެ ކްލެސިފިކޭޝަން :         ސަޕޯޓް ސްޓާފް ގްރޭޑް 1

   ވަޒީފާ އަދާކުރަންޖެހޭ ތަން:         ޓިވެޓް އޮތޯރިޓީ / މ.ވޯލްޑް ޑްރީމް 1 ވަނަ ފަންގިފިލާ

   މުސާރަ :                    މަހަކު 3100.00 ރުފިޔާ

   ސާވިސް އެލަވަންސް:             މަހަކު 1000.00 ރުފިޔާ

   ސަޕޯޓިންގ ކޯ އެލަވަންސް:         މަކު 1200.00 ރުފިޔާ

   އެހެނިއެހެން އެލަވަންސް

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޓިވެޓް އޮތޯރިޓީގެ އޮފީސް ކޮންމެ ދުވަހަކު ކުނިކަހާ، ފޮޅާއި ސާފުކޮށް، ޑަސްޓްބިންތައް ހުސްކުރުން.
  • ޓިވެޓް އޮތޯރިޓީގެ އޮފީސް އިމާރާތުގައިހުރި ބިއްލޫރި ދޮރުފަތްތައް ސާފުކޮށް، ހިރަފުސް ފޮޅުން.
  • ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވުމާއި ލެއްޕުން.
  • ޓިވެޓް އޮތޯރިޓީގެ ފާޚާނާތައް ދުވާލަކު އެއްފަހަރު ދޮވެ ސާފުކުރުން.
  • އޮފީހުގައި ބާއްވާ މީޓިންގތަކަށް ކޮފީއާއި ސައި ތައްޔާރުކޮށް މީޓިންތަކަށް ވެއްދުން.
  • މީޓިންގ ރޫމް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  • ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުން.
  • ޓިވެޓް އޮތޯރިޓީގެ ސިޓީ، ސެޓްފިކެޓްފަދަ ތަކެތި ބެހުމުގެ މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުތު:                                                    

  1. ލިޔަން ކިޔަން އެގުން

ނޯޓް

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- މި މަޤާމަށް އެދި ހުށައަޅާ ފޯމް (މި ފޯމް މި އޮތޯރިޓީގެ ވެބްސައިޓް  www.tvet.gov.mv އިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ، ދެފުށުގެ ލިތުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ސިޓީ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

ބ. ނުރަސްމީ ދުވަސްތަކުގައި މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، 1 ވަނަ ފަންގިފިލާ، މ. ވޯލްޑް ޑްރީމްއަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 26 ސެޕްޓެންބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު.

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 29 ސެޕްޓެންބަރ 2019 އާއި 03 އޮކްޓޯބަރ 2019 އާ ދެމެދު ޓިވެޓް އޮތޯރިޓީގައެވެ.  

 

ޝޯޓްލިސްޓް ކުރުން:

ހ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.   

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރ 3341313 ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

16 ސެޕްޓެންބަރު 2019