| 
 ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ފުރުޞަތު 
 | 
 ނަންބަރ:  F3C-A/2019/06 
 | 
| 
 ތާރީޚް:   16 ސެޕްޓެމްބަރ 2019 
 | 
| 
 ޝަރުޢީ ދާއިރާގެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
 | 
| 
 ޙަވާލުކުރެވޭ މަސްއޫލިއްޔަތު  
 | 
 އިދާރީގޮތުން ކޯޓުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން. 
 | 
| 
 ނިސްބަތްވާ މަޤާމާއި ރޭންކް 
 | 
 އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރޭންކް GS1). 
 | 
| 
 ޢަދަދު 
 | 
 01  (އެކެއް) 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން / ވަގުތު 
 | 
 ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓް / ( ހެނދުނު 8:00 ން 14:00 ) 
 | 
| 
 އުޖޫރަ 
 | 
 ޙާޟިރުވާ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) 
އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ، މަސައްކަތް ކުރައްވާ ކޮންމެ ގަޑިއިރަކަށް -/20 (ވިހި ރުފިޔާ) 
 | 
| 
 އަސާސީ ޝަރުތު: 
 | 
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،
 
- ސެކްރެޓަރީކަމުގެ ސަނަދު އޮތުން. ނުވަތަ،
 
- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 01 ކްލެސިފިކޭޝަންގައި މަދުވެގެން 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
 
 
 | 
| 
 މަސްއޫލިއްޔަތު: 
 | 
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށާއި ކޯޓްތަކަށާއި ސަރުކާރުގެ އޮފީސްތަކަށާއި އަދި އެކި ފަރާތްތަކަށް ފޮނުވަންޖެހޭ މެސެޖް، ސިޓީ، ރިޕޯޓް ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވުމާއި ޖަވާބުދޭންޖެހޭ ލިއުންތަކަށް ޖަވާބުދިނުން.
 
- ދުވަސްވީ ޝަރުޢީ ލިޔުންތަކާއި ވަރިކާވެނީގެ ސެޓްފިކެޓް ހޯދުމަށާއި ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް ހޯދުމަށްއެދި ހުށަހަޅާ ފަރާތްތަކަށް އެތަކެތި ލިބޭނެގޮތް ހަމަޖެއްސުން.
 
- ޤަޟިއްޔާތަކާއި ގުޅޭ ފައިލްތައް ބަރާބަރަށް ބެލެހެއްޓުމާއި ޤަޟިއްޔާ ރިޕޯޓް އާއި މަޙްޟަރު ބަޔާންތައް އަދި ކުށުގެ ރެކޯޑްސް ބަލަހައްޓާ ފޮތްތައް / ފައިލްތައް ބަރާބަރަށް ބަލަހައްޓާ ފުރިހަމަކޮށް ފައިލްކުރުން.
 
- ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުމާއި ކޯޓަށް ޙާޟިރުވުމުގެ އަމުރުތައް ތައްޔާރުކޮށް މަސައްކަތު މީހާއާއި ޙަވާލުކުރުން.
 
 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
 | 
- ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ.
 
- ކޮންޓްރެކް އުޞޫލުން މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާސްކްރިޕްޓްގެ ކޮޕީ ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
 
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
 
  | 
| 
 ސުންގަޑި: 
 | 
 2019 ސެޕްޓެމްބަރ 19ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މަޢުލޫމާތު ސާފުކުރުމަށް މިކޯޓްގެ ނަންބަރ 6600163 އަށް ގުޅުއްވުން އެދެން.
 
- ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢްލާނުގައި ބަޔާން ކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ ހުށަހެޅުން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
 
 
 | 
| 
 ކޮންޓްރެކްޓް އުސޫލުން ދުވަހު އުޖޫރައަށް މީހުން ހަމަޖެއްސުމުގައި އިސްކަން ދެވޭނެ ކަންތައްތައް: 
 | 
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
 
- ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
 
- މައިކްރޯސޮފްޓް އޮފީސް އެކްސެލް ޕެކޭޓް ބޭނުން ކުރަން އެނގޭ ފަރާތެއްކަމުގައިވުން.
 
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
 
 
 |