| 
 މަޤާމު: 
 | 
 ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް 
 | 
| 
 ރޭންކު: 
 | 
 CSC4-1 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 ސީ.އެސް.ސީ ޕްރޮފެޝަނަލްސް 
 | 
| 
 ޑިވިޜަން/ސެކްޝަން: 
 | 
 ހިއުމަން ކެޕިޓަލް މެނޭޖްމަންޓް ޑިވިޜަން/ރެކްރޫޓްމަންޓް 
 | 
| 
 ސެކްޝަނުގެ މައިގަނޑު މަސައްކަތް: 
 | 
 ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން 
 | 
| 
 މުސާރަ: 
 | 
 މަހަކު -/8740 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ 
 | 
| 
 ކޮމިޝަން އެލަވަންސް: 
 | 
 މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35) 
 | 
| 
 އޯވަރޓައިމް އެލަވަންސް: 
 | 
 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 1 (އެކެއް) 
 | 
| 
 ގިންތި: 
 | 
 ވަގުތީ (ކޮންޓްރެކްޓް) 
 | 
| 
 މުއްދަތު: 
 | 
 5 މަސް ދުވަސް (ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.) 
 | 
| 
 އަސާސީ ޝަރުތު: 
 | 
 ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: 
 | 
- ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަނުކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ އެންމެހައި މަސައްކަތްތައް އިދާރާތަކުން ކުރާ ގޮތް މޮނިޓަރކޮށް، ގަވާއިދާއި އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ މަސައްކަތްތައް އެޕްރޫވްކުރުން.
 
- ސިވިލް ސަރވިސްގެ ވަޒީފާތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފާގެ މަތިން ނިންމަންޖެހޭ މައްސަލަތައް ކޮމިޝަނުގެ ނިންމެވުމާ އެއްގޮތަށް ނިންމުން.
 
- ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަނުކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ މަސައްކަތްތައް ނިންމުމުގައި އިދާރާތަކުން އިހުމާލުވާ ކަންކަން ބަލައި ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
 
- ސިވިލް ސަރވިސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެގެން ސިވިލް ސަރވިސްގައި ނުހިމެނޭ މުވައްޒަފުންގެ ގޮތުގައި ކަނޑައެޅޭ މުވައްޒަފުންނަކީ ސިވިލް ސަރވިސްގައި ނުހިމެނޭ ބައެއްކަން އެންގުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްކުރުން.
 
- ސިވިލް ސަރވިސްގެ ރެކްރޫޓްމަންޓް ޕްރޮސެސްތަކުގެ ތެރެއިން ފާހަގަކުރެވޭ ކަންތައްތަކާ އެ ކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނުގެ ކަމާގުޅޭ ސެކްޝަންތަކާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ ސަމާލުކަމަށް އެ ކަންކަން ގެނައުން.
 
- ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާއާ ބެހޭ މަސައްކަތްތަކާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުންގެ މެދުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއާ ގުޅިގެން ހިންގުމާއި، އެ ފަދަ ޕްރޮގްރާމްތައް ހިންގުމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
 
- ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭގޮތުން އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާ ސިޓީތަކަށް ޖަވާބުދިނުން.
 
- ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭގޮތުން އިދާރާތަކުން ކޮމިޝަނަށް ހުށަހަޅާ ޓިކެޓްތަކަށް ޖަވާބުދިނުން.
 
- ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލުމާ ގުޅިގެން މުވައްޒަފުންގެ ރަޖިސްޓްރީތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތް ރާވައި "ސީއެސް ވިއުގަ 2.0" އިން އެޕްރޫވްކުރުން.
 
- ވަޒީފާއާބެހޭ ޓްރައިބިޔުނަލުން ނުވަތަ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ތަންފީޒުކުރުމަށް އަންގާ ކަންތައްތައް ތަންފީޒުކުރުމަށް ހަވާލުކުރެވިފައިވާ އިދާރާތަކަށް އެންގުމާ ގުޅޭ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
 
- "ސީއެސް ވިއުގަ 2.0" ގެ މޮޑިއުލްތައް ޑިވެލޮޕްކޮށް ފުރިހަމަކުރުމަށް ސިސްޓަމްސް މެނޭޖްމަންޓަށާއި ޕޮލިސީ ސެކްޝަނަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
 
- "ސީއެސް ވިއުގަ 2.0" ގެ އެކްސެސް ދެވިފައިނުވާ އިދާރާތަކުން ނިންމާ ވަޒީފާގެ މައްސަލަތަކުގެ މައުލޫމާތު "ސީއެސް ވިއުގަ 2.0" އަށް އަޕްޑޭޓްކުރުން.
 
- ސިވިލް ސަރވިސްގެ އިދާރާތަކުގެ ރަޖިސްޓަރީ އަދާހަމަކުރެވިފައިވާކަން ކަށަވަރުކުރުމުގައި، ހަމަޖެހިފައިވާ ޝެޑިއުލްއަކާ އެއްގޮތަށް، މުވައްޒަފާ ހަވާލުކުރެވޭ އިދާރާގެ ރަޖިސްޓަރީ އަދާހަމަކޮށް ނިންމުން.
 
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
 
- އެހެން ސެކްޝަނުތަކުގެ މުވައްޒަފުންނާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން އަދި އެ ސެކްޝަނުތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
 
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
 
  | 
| 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 
 | 
 2019 ސެޕްޓެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
 
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
  | 
| 
 ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ތަޢުލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިން ސައްތަ: 30)
 
- މަސައްކަތުގެ ތަޖުރިބާ (ކަނޑައަޅާފައިވާ އިން ސައްތަ: 15)
 
- ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައަޅާފައިވާ އިން ސައްތަ: 55)
- އެޕްޓިޓުއުޑް ޓެސްޓް - (ކަނޑައަޅާފައިވާ އިން ސައްތަ: 10)
 
- ޕްރެކްޓިކަލްސް - (ކަނޑައަޅާފައިވާ އިން ސައްތަ: 10)
 
- އިންޓަވިއު އަދި ޕްރެޒެންޓޭޝަން - (ކަނޑައަޅާފައިވާ އިން ސައްތަ: 35)
 
 
 
 
 | 
| 
 ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ: 
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2019 ސެޕްޓެންބަރު 22 ން 2019 އޮކްޓޫބަރު 10އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ. 
 |