ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MRH-ADM/2019/11
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 19 ސެޕްޓެންބަރު 2019 12:30
މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް / މ.ދިއްގަރު ޞިއްހީ މަރުކަޒު

ވަޒީފާގެ ފުރުޞަތު

މ.ދިއްގަރު ޞިއްހީމަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

 

މަގާމު:

ލޯންޑްރީ އެސިސްޓެންޓް

މަޤާމުގެ ނަމްބަރ:

J-278047 , J-278048

ބޭނުންވާ އަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސަރވިސް ގްރޭޑް 1

ސެކްޝަން / ޔުނިޓް:

އެޑްމިނިސްޓްރޭޝަން ޔުނިޓް

މަޤާމް އޮތް އޮފީސް:

މ.ދިއްގަރު ޞިއްހީ މަރުކަޒު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މ.ދިއްގަރު ޞިއްހީ މަރުކަޒު

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

 

 

  1. ސަޕޯޓިންގ ކޯ އެލަވަންސް -/1200 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.
  4. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްހީމަރުކަޒުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗެއްސާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުން. އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކުރުން.
  2. ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރެވޭ ތަކެތި ނަރުހުން އަންގާގޮތެއްގެ މަތިން ފަރުވާތެރިކަމާއެކު ޒިންމާދާރުގޮތެއްގައި ސާފުކުރުން.
  3. އޮޓޯކުލޭވް ކުރުމުގައި ނަރުހުންނަށް އެހީތެރިވުން.
  4. ނަރުހުންގެ މަޝްވަރާގެ މަތިން ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކުރުމަށް ހުންނަ ބެޑްޝީޓް ބާލީހުއުރަ ފަދަ ތަކެތި ދޮވެއިސްތިރިކުރުމަށްފަހު މަރުކަޒުގެ ޙިދުމަތަށް ބުރޫނާރާނެގޮތަށް އަބަދުވެސް ތައްޔާރަށް ބެހެއްޓުން.
  5. ސިއްހީމަރުކަޒިގައި ބޭނުންކުރާ ދޮރުފޮތިތަކާއި އެހެނިހެން ފޮތިތަށް މަރުކަޒުން ކަނޑައަޅާ ގޮތެއްގެ މަތިން ދޮވެ އިސްތިރިކުރުން.
  6. ލޯންޑްރީގައި ބޭނުންކުރާ މެޝިން، އިސްތިރި ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އަންގަންޖެހޭ މުވައްޒަފަކަށް އަންގައި އެކަމެއް ހައްލުކުރުމަށް ބާރުއަޅައި މަސައްކަތްކުރުން.
  7. ކޯލްޑިއުޓީއަކަށް އަންނަން ޖެހޭ ޙާލަތްތަކުގައި ޑިއުޓީއަށް އައުމާއި އިމަރޖެންސީ ޙާލަތްތަކުގައި  ގުޅުމުން ވީހާވެސް އަވަހަށް މަރުކަޒަށް އައުން.
  8. ލޯންޑްރީގައި ބޭނުންކުރާ އެންމެހައިތަކެއްޗާއި، ލޯންޑްރީ މަދުވެގެން ދުވާލަކު 1 ފަހަރު ފޮޅާ ދޮވެސާފްކުރުން. ދޮވެ ސާފްކުރުމުގައި ލޯންޑްރީގައި ހުންނަ ތަކެއްޗަށް ފަރުވާޓެރިވާންވާނެއެވެ.
  9. ލޯންޑްރީ ސަރަޙައްދުގެ ބޭރުތެރެ ސާފުކޮށް ވިނަނޮޅާ ރީތިކޮށް ބެލެހެއްޓުން, މީގެ އިތުރުން މަސައްކަތު އެޓެންޑެންޓުން ނުތިބޭ ވަގުތު ތަކުގައި އެމީހުން ކުރާ މަސައްކަތްތައް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަންވެސް ކުރުން.
  10. އެޓެންޑެންޓް/މަސައްކަތު މުވައްޒަފުން ޗުއްޓީ ނެންގެވުމުން ސެކްޝަން އިންޗާރޖް އެންގެވުމުގެ މަތިން އެސެކްޝަންތަކުގެ މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން އެގުން

 

ނޯޓް: ލިޔަން އެގޭކަން ދެނެގަންނާނީ ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ  ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް ( މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މ.ދިއްގަރު ޞިއްހީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައިފައިވާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްއެދޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު، އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ( ލިބިފައިވާ ތަޢުލީމު، މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން )
  2. " އިމްތިހާން " ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން
  3. މަސައްކަތުގެ ތަޖުރިބާ ( މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ )
  4. ލިބިފައިވާ ހުނަރު ( އިންޓަރވިއު / ޕްރެކްޓިކަލްސް )

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން، ދިއްގަރު ޞިއްހީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 ސެޕްޓެމްބަރ 2019 އާއި    30 ސެޕްޓެމްބަރ 2019 އާ ދެމެދު، މ.ދިއްގަރު ޞިއްހީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރތިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720596 އެވެ.

11 ސެޕްޓެންބަރު 2019