ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-ADS/240/2019/37
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 0956
ސުންގަޑި: 17 ސެޕްޓެންބަރު 2019 1400
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020" ގައި ހަރަކާތްތެރިވުމަށް 38 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ. އަދި މިސަރވޭގެ މުއްދަތަކީ އޮކްޓޯބަރ 6 ން 23 އަށެވެ.

 

އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 8 ދުވަހުގެ ތަމްރީންއެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލެވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. އަދި ސުޕަރވައިޒަރުންގެގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވޭގެ މަސައްކަތްކުރާދުވަސްތަކުގައި ދުވާލަކު -/550ރ ގެ މަގުން އެލަވަންސެއްދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފްތާއަކު 06 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.

 

މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަން ފޯމް، މިކައުންސިލްގެ ކައުންޓަރުންނާއި ވެބްސައިޓުން (http://www.laamu.gov.mv/ ) އިން ލިބެން ހުންނާނެއެވެ.

 

ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަން ފޯމް ފުރިހަމަކުރުއްވުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާއެކު 17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމޭލް [email protected])) މެދުވެރިކޮށް ވެސް ފޯމް ބަލައިގަނެވޭނެއެވެ.

 

މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަންބަރ 3008407 /  3008408އަށް ގުޅުއްވުން އެދެމެވެ.

2019-09-10