ކުއްޔަށް ހިފުން
ނަންބަރު: FNK-I/IUL/2019/190
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 25 ސެޕްޓެންބަރު 2019 13:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މ.މަޑުއްވަރީ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:

 

 

ނަންބަރު: FNK-I/IUL/2019/190  

 

އިޢުލާން

މ.މަޑުއްވަރީ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:

 

 

މިކުންފުނީގެ މ.މަޑުއްވަރީ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު   FNK-I/IUL/2019/190 ޢިއުލާނާއި ގުޅިގެން ތިން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ ޢިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.  

މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ މ.މަޑުއްވަރީ ބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ. އަދި  މަޢުލޫމާތު ކަރުދާސް މި ޢިޢުލާނާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ  2019ވާ ބުދަ  ދުވަހުގެ 13:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށެވެ. ނުވަތަ މ.މަޑުއްވަރީ ބްރާންޗަށެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

 

           11 މުޙައްރަމް 1440

          10 ސެޕްޓެންބަރ 2019

 

 

 

10 ސެޕްޓެންބަރު 2019