ދިވެހިރާއްޖެ
އެސްޓީއޯގެ ރެޑީމިކްސް ޑެލިވަރީސް ތަކަށް ކޮންކްރީޓް ޕަމްޕިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
އެސްޓީއޯގެ ރެޑީމިކްސް ޑެލިވަރީސް ތަކަށް ކޮންކްރީޓް ޕަމްޕިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 09 ވާ ދުވަހު 1200 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
އީމެއިލް:[email protected]
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ސެޕްޓެމްބަރ 09 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ސެޕްޓެމްބަރ 10 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2019 ސެޕްޓެމްބަރ 12 ވާ ދުވަހުގެ 1200 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019 ސެޕްޓެމްބަރ 15 ވާ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރ 18 ވަނަ ދުވަހު 1100 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3344180، 3344295
ފެކުސް: 3344633
އީމެއިލް: [email protected]
03 ސެޕްޓެމްބަރ 2019