ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AD/460/2019/7
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 08 ސެޕްޓެންބަރު 2019 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޕްރޮކިޔޯމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމު:

ޕްރޮކިޔޯމަންޓް އޮފިސަރ

މަގާމުގެ ރޭންކް:

ޖީ.އެސް.2

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ސެކްޝަން / ޔުނިޓު

 އިދާރީ ހިންގުމާއި ފައިސާއާ ބެހޭ ބައި / ޕްރޮކިޔޯމަންޓް ޔުނިޓު

ފެންވަރު ނުވަތަ ޝަރުޠު:

  1. މަތީ ސާނަވީ އިމްތިހާނުގައި 2 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ،
  2. ސާނަވީ އިމްތިހާނުގައި 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  3.  މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ފެކޭޖްތަކަށް ފަރިތަވުން.
  4. މުޢާމަލާތު ކުރުމުގެ ހުނަރު ހުރި ފަރާތެއް ކަމުގައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހަށް ބޭނުންވާ ސާމާނާއި ހަރުމުދާ ފަދަ ތަކެތި ހޯދުން.
  2. ބީލަމަށް ލައިގެން ހޯދަންޖެހޭ ތަކެތި ނުވަތަ ޚިދުމަތްތައް ކަނޑައެޅިފައިވާ އުސޫލުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. އެކިއެކި މަސައްކަތްތައް ކުރުމަށާއި ޙަވާލުކުރުމަށް ހެދޭ އެއްބަސްވުންތައް ލީގަލް ޔުނިޓުގެ ލަފާގެމަތިން ހަދައި، ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށް ދިނުން.
  4. އޮފީސް އިމާރާތާއި ފަރުނީޗަރުގެ މަރާމާތާއި ސާފުތާހިރުކަމާބެހޭ ކަންތައްތައް ކަމާބެހޭ މުވައްޒަފުން ލައްވާ ބެލެހެއްޓުން.
  1. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ .އެހެނިހެން މަސްއޫލިއްޔަތުތަކުގައި އެހީތެރިވުން.

އުޖޫރަ އާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) 7،000.00 ރުފިޔާ.

-      ސަރވިސް އެލަވަންސް:    (މަހަކު): 3،000.00 ރުފިޔާ

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މި މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

-      ދައުލަތުގެ އިދާރާއެއްގައި ފައިސާއާއި ބަޖެޓާ ބެހޭ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރު

-    މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގއަށް އަހުލުވެރިވެފައިވާ މިންވަރު

-      މާލިއްޔަތު ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

-   އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

08 ސެޕްޓެންބަރު 2019 ވާ އާދިއްތަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ގިނަ ވެގެން ދެހަފުތާއެއްގެ ތެރޭގައި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ. ނުހޮވޭ މީހުނަށް އެކަން ފޯނުން ގުޅައި އެންގޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

03  މުޙައްރަމް  1441  

02 ސެޕްޓެންބަރު 2019