ދިވެހިރާއްޖެ
| 
 ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލުން  | 
 ނަންބަރު:(IUL)195-C/1/2019/17  | 
|
| 
 ތާރީޚް:29 އޮގަސްޓް 2019  | 
||
| 
 ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މަޤާމް 28 އޮގަސްޓް 2019 ވީ ބުދަ ދުވަހު ހުސްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ތިރީގައި މި ދަންނަވާ ލިސްޓުގައި ހިމެނޭ މަޢުލޫމާތު ހިމެނޭގޮތަށް 01 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުމަށް، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުޅުވައިލަމެވެ.  | 
||
| 
 ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ލިސްޓް  | 
  | 
|
| 
 ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.  | 
||
| 
 އަޚްލާޤާއި ސުލޫކު  | 
  | 
|
| 
 ޢުމުރު  | 
 ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން  | 
|
| 
 ތަޢުލީމް  | 
 އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން އަދި އެ ސެޓްފިކެޓަކީ ދިވެހިރާއޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ.  | 
|
| 
 ތަޖުރިބާ  | 
 ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.  | 
|
| 
 އިތުރު މަޢުލޫމާތު  | 
 31 އޮގަސްޓް 2019 ވާ ހޮނިހިރު ދުވަހު މެންދުރު 14:00 އިން ފެށިގެން 16:00 އަށް މި ކޮމިޝަނުން ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ސިޓީ ބަލައިގަތުމުގެ އެންމެ ފަހުވަގުތަކީ 01 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ 12:00 ކަމުގައިވެސް ދަންނަވަމެވެ.  | 
|