ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މިދަންނަވާ ސީ އެމްބިއުލަންސްތަކުގެ ވަޒީފާތަކަށް މުވައްޒަފުން ބޭނުންވެއެވެ.
| 
 ސީ-އެމްބިއުލަންސް  | 
 ބޭނުންވާ މަގާމާއި ޢަދަދު  | 
||||
| 
 މަގާމު  | 
 ޢަދަދު  | 
 މަގާމު  | 
 ޢަދަދު  | 
||
| 
 އއ. ރަސްދޫ ސީ އެމްބިއުލަންސް  | 
 ޑްރައިވަރ  | 
 1  | 
 -  | 
 -  | 
|
| 
 ޏ. ފުވައްމުލައް ސީ އެމްބިއުލަންސް  | 
 ޑްރައިވަރ  | 
 1  | 
 ފަޅުވެރި  | 
 1  | 
|
| 
 ރ. އުނގޫފާރު ސީ އެމްބިއުލަންސް  | 
 ޑްރައިވަރ  | 
 1  | 
 -  | 
 -  | 
|
| 
 ހއ. ހޯރަފުށި ސީ އެމްބިއުލަންސް  | 
 ޑްރައިވަރ  | 
 1  | 
 -  | 
 -  | 
|
| 
 ނ. މަނަދޫ ސީ އެމްބިއުލަންސް  | 
 -  | 
 -  | 
 ފަޅުވެރި  | 
 1  | 
|
| 
 ސ.ހުޅުދޫ ސީ އެމްބިއުލަންސް  | 
 ޑްރައިވަރ  | 
 1  | 
 -  | 
 -  | 
|
| 
 އދ. މަހިމަދޫ ސީ އެމްބިއުލަންސް  | 
 ޑްރައިވަރ  | 
 2  | 
 -  | 
 -  | 
|
| 
 ކ.ކާށިދޫ ސީ އެމްބިއުލަންސް  | 
 ޑްރައިވަރ  | 
 1  | 
 -  | 
 -  | 
|
| 
 ޑްރައިވަރ މަގާމުގެ މުސާރައާއި އިނާޔަތްތައް، މަސްއޫލިއްޔަތު އަދި މަގާމުގެ ފެންވަރު/ޝަރުތު  | 
|||||
| 
 މުސާރަ:  | 
 މަހަކު -/5,020 ރުފިޔާ  | 
||||
| 
 ސާރވިސް އެލަވަންސް:  | 
 މަހަކު -/2,000 ރުފިޔާ  | 
||||
| 
 އެހެނިހެން އެލަވަންސާއި އުޖޫރަ  | 
 ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1,757.00 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 8,877.00 ރުފިޔާ ލިބޭނެއެވެ.) މީގެއިތުރުން ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
||||
| 
 ފެންވަރު ނުވަތަ ޝަރުޠު:  | 
 1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން A,B,C ލައިސަންސް ލިބިފައިވުން. 2- ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން.  | 
||||
| 
 ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު  | 
 ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.  | 
||||
| 
 ފަޅުވެރި މަގާމުގެ މުސާރައާއި ޢިނާޔަތްތައް، މަސްއޫލިއްޔަތު އަދި މަގާމުގެ ފެންވަރު/ޝަރުތު  | 
|||||
| 
 މުސާރަ:  | 
 (މަހަކު) -/4465 ރުފިޔާ  | 
||||
| 
 ސަރވިސް އެލަވަންސް:  | 
 (މަހަކު) -/1500 ރުފިޔާ  | 
||||
| 
 އެހެނިހެން އެލަވަންސާއި އުޖޫރަ  | 
 ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1,562.75 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 7,627.75 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
||||
| 
 ފެންވަރު ނުވަތަ ޝަރުތު: 
  | 
 1- އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުމާއި ގިނަ ވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.  | 
||||
| 
 ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު  | 
 ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން.  | 
||||
| 
 ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  | 
 މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ.  | 
||||
26 ޛުލްޙިއްޖާ 1440